ކ. މާލެ
|
24 އޭޕްރިލް 2018 | އަންގާރަ 08:16
އާންމުންނަށް އަނިޔާވާގޮތަށް ދުއްވާފައިދިޔަ ވޭން
އާންމުންނަށް އަނިޔާވާގޮތަށް ދުއްވާފައިދިޔަ ވޭން
ދަ ގްލޯބް އެންޑް މެއިލް
ދުއްވާ ވޭނަކުން ދިން ހަމަލާ
ބާރު ސްޕީޑުގައި ދުއްވި ވޭނަކުން 10 މީހުން މަރާލައިފި
މި ހާދިސާގައި 15 މީހުން ވަނީ ޒަހަމްވެފައި
ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނެއް
މިމީހާ ވަނީ ފުލުހުން ހައްޔަރުކޮށްފައި

މަގުމަތީގައި ހިނގާފައިދިޔަ އާންމުންގެ ގަޔަށް ވޭނެއް އަރުވާލައިގެން 10 މީހުން މަރުވެ، 15 މީހުން ޒަހަމްކޮށްލައިފި އެވެ.

ހޯމަދ ދުވަހު ކެނެޑާގެ ޓޮރޮންޓޯގައި ހިނގި މިހާދިސާގައި ވޭން ވަނީ ގާތްގަނޑަކަށް ތިން ކިލޯ މީޓަރަށް ދުއްވާފަ އެވެ.

ކުއްޔަށް ނަގާފައިވާ ވޭނެއް އާންމުން ހިނގާ ޕޭމެންޓް ސަރަހައްދަށް އަރުވައި ބާރު ސްޕީޑުގައި މީހުންނަށް އަނިޔާވާގޮތަށް  ދުއްވާފައިވާ އިރު މިއީ ހުދު ކުލައިގެ ކުލީ ވޭނެކެވެ.

ޓޮރޮންޓޯގެ ޔޮންގް ސްޓްރީޓާއި ފިންޗު އެވެނިއު ސަރަހައްދުގައި ހިނގި މިހާދިސާގައި އާންމުންނަށް ގަޔަށް ވޭން އަރުވާލި މީހާ، ވަނީ ހައްޔަރުކޮށްފަ އެވެ.

މިހާދިސާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 25 އަހަރުގެ އެލެކް މިނާސިއާން  ނަމަކަށް ކިޔާ މީހެކެވެ.

ރޮއެޓާސްގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ބޮޑު ވަޒީރު ޖަސްޓިންގ ޓްރޫޑޯ ވަނީ މިއީ ވަރަށް ބޮޑު ހިތާމަވެރި ހާދިސާއެއް ކަން ފާހަގަ ކޮށްފަ އެވެ.

 

- ކޮމެންޓް