މަގުތަކުގައި ރައްޔިތުން ކުރިޔަށް ގެންދިޔަ ބޮޑެތި މުޒާހަރާތަކަކަށް ފަހު އަރުމޭނިއާގެ ބޮޑުވަޒީރު ސުއަރޒް ސަރްގެޒިއަން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ ފަރާތްތަކުން ތުހުމަތުކުރާގޮތުގައި ރައީސްކަމުގެ މަގާމު ފަސް އަހަރުގެ ދެ ދައުރު ފުރިހަމަ ކުރެެއްވުމަށް ފަހު މިދިޔަ އަންގާރަ ދުވަހު ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރެވުމާއިއެކު ސަރްގެޒިއަން ގެންދެވީ އޭނާގެ މުށުތެރެއަށް ބާރުތައް ޖަމާ ކުރައްވަމުންނެވެ.
"މަގުމަތީގެ ހަރަކާތްތައް ކުރިޔަށް ގެންދަނީ އަޅުގަނޑުގެ ވެރިކަމާއި ދެކޮޅަށް.އަޅުުގަނޑު ތިބޭފުޅުންގެ އެދުން މި ފުރިހަމަ ކޮށްދިނީ"
ބޮޑުވަޒީރު އިސްތިއުފާ ދެއްވާފައި ވަނީ ކޮންވަގުތަކުުން ފެށިގެން ކަމެއް އަދި ސާފެއް ނުވެއެވެ.
އިސްތިިއުފާ އިއުލާނު ކުރައްވާފައިވަނީ އިދިކޮޅު ލީޑަރު ނިކޯލް ޕަޝިނިއަން ބަންދުން ދޫކޮށްލިތާ ގިނައިރުތަކެއް ނުވެއެވެ. ޕަޝްނިއަންގެ އިތުުރުން އިދިކޮޅު ލީޑަރު ދެ ލީޑަރަކު ޖަލަށްލާފައިވެއެވެ.މީގެއިތުރުން މުޒާހަރާކުރި 200 އެއްހާ މީހުން ޖަލަށްލާފައިވެއެވެ.
ސަރްގެޒިއަންގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ "މިއީ އެ ގައުމުގެ ލީޑަރުގެ ހައިސިއްޔަތުން އަރްމޭނިއާގެ ހުރިހާ ރައްޔިތުންނާއި މުޚާތަބުކުރާ އެންމެ ފަހު ފަހަރު" ކަމަށެވެ.
އިދިކޮޅު ލީޑަރު ވިދާޅުވީ ރަނގަޅަށް ކަމަށާއި ގޯސްކޮށް ވިދާޅުވެވުނީ އެމަނިކުފާނަށް ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި މިހާލަތުގައި ކިތަންމެ ހައްލުތަކެއް އެބަ ހުރި ކަމަށާއި ނަމަވެސް އެއިން އެއްވެސް ގޮތެއް އެ މަނިކުފާނު ބޭނުންފުޅު ނުކުރައްވާނެކަށް ވިދާޅުވިއެވެ.
" ނިކޯލް ވިދާޅުވީ ރަނގަޅަށް.އަޅުގަނޑު ގޯހީ."އޭނާ ވިދާޅުވިއެވެ" މި ހާލަތުގައި އޮތް ވަރަށް ގިނަ ހައްލުތައް، އެކަމަކު އަޅުގަނޑު އެއިން އެއްވެސް ގޮތެއް އިޚްތިޔާރެއް ނުކުރަން. އަޅުގަނޑު ގައުމުގެ ބޮޑުވަޒީރުގެ މަގާމު ދޫކޮށް މި ނުކުންނަނީ."
ހޯމަ ދުވަހުގެ މުޒާހަރާގައި ބައިވެރިންވަނީ އިދިކޮޅު ލީޑަރު ނިކޯލް އަށް ތާއީދުކޮށް އޭނާގެ ނަން މުޒާހަރާގައި ގޮވައި އަރްމޭނިއާގެ ދިދަ ވިހުރުވާފައެވެ. ސަލާމަތީ ބާރުތަކުގައި ހިމެނޭ އެއްވެސް މީހަކު މުޒާހަރާކޮށްފިނަމަ ހަރުކަށި އަދަބު ދޭނެ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން އިންޒާރުދީފައިވަނިކޮށް ވެސް ޔުނިފޯމް އެޅި އެތައްސަތޭކަ ސިފައިން މުޒާހަރާގައި ބައިވެރިވެފައިވެއެވެ.