ރާއްޖެ އަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފިއެވެ.
އެސްޓީއޯ އިން މި ފަހަރު ބޮޑުކޮށްފައި ވަނީ ޕެޓްރޯލްގެ އަގު އެކަންޏެވެ. އެ ގޮތުން ލީޓަރަކުން 30ލާރި ވަނީ ބޮޑުކޮށްފައެވެ. މި ބަދަލާ އެކު އެސްޓީއޯގެ ތެޔޮ ވިއްކާ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑްތަކުން ޕެޓްރޯލް ލީޓަރެއް ދެން ވިއްކާނީ 9.35ރ. އަށެވެ. މީގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 9.05ލ. އަށެވެ.
އެސްޓީއޯ އިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ތެލުގެ އަގު ބޮޑުކޮށްފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ވެއްޓުމާ ގުޅިގެން އަގު ހިފެހެއްޓުމަށްޓަކައި ސަޕްލައި އެއްވަރެއްގައި ކޮންޓްރޯލްކުރަން އޯގަނައިޒޭޝަން ފޯ ޕެޓްރޯލިއަމް އެކްޕޯޓިން ކަންޓްރީސް (އޯޕެކް) އިން އެއްބަސްވުމާ ގުޅިގެން ތެލުގެ އަގު މިހާރު ވަނީ އުފުލެން ފަށައިފައެވެ.
ތެލުގެ އަގު ބޮޑުކުރަން އެސްޓީއޯ އިން ނިންމި އިރު އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ބޮޑުވާ މިންވަރެއްގެ މައްޗަށް ބިނާކޮށް ކަރަންޓް ބިލު ބޮޑުކުރުމުގެ އުސޫލެއް ސްޓެލްކޯ އިން ގެންގުޅެއެވެ.