ކ. މާލެ
|
27 ފެބްރުއަރީ 2018 | އަންގާރަ 10:16
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުމުގެ ތެރެއިން
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
ކުއްލި ނުރައްކަލުގެ ހާލަތު
ކުއްލި ނުރައްކަލުގެ ހާލަތު ފުލުހުން ގަބޫލު ނުކުރަނީތަ؟
 
އިދިކޮޅު ފަރާތްތަކުން ބުނަނީ ކުއްލި ނުރައްކަލުގެ ހާލަތު ނެތް ކަމަށް
 
ފުލުުހުން ވަނީ 10:30 ފަހުން އެއްވުން މަނާކޮށްފައި
 
އެއްވުމުގެ ހައްގު ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ހިފެހެއްޓޭ

ކުއްލި ނުރައްކަލުގެ ހާލަތުގައި ގައުމު އޮތް އިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ހުރިހާ ފަރާތްތަކުން ދަނީ ފެބްރުއަރީ އެއްވަނަ ދުވަހުން ފެށިގެން އެއްވުންތައް ބާއްވަމުންނެވެ. އެއްވުންތަކުގައި ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލައްވާފައިވާއިރު ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން ވެސް އެފަރާތްތަކުން ދަނީ އަޑު އުފުލަމުންނެވެ. ގައުމުގެ ހާލަތު ރަގަޅުވަންދެން މި އެއްވުންތައް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން ބުނެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ހިފެހެއްޓުމަށްޓަކައި، އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުންގެ އެތައް ހައްގެއް ހިފަހައްޓާފައިވާއިރު، ހިފަހައްޓާފައިވާ ހައްގުތަކުގެ ތެރޭގައި އެއްވެއުޅުމުގެ ހައްގާއި ހިޔާލުފާޅުކުރުމުގެ ހައްގުވެސް ހިމެނެ އެވެ. ނަމަވެސް އެކަން އެންމެ ފުރަތަމަ މުގުރާލީ، އަދި އެކަމަށް ހިތްވަރު ދިނީ ސިފައިންނާއި ފުލުހުންނަށް އެނގެނީ ޕީޕީއެމްއިން ބާއްވާ އެއްވުންތަކާއި ސައިކަލް ބުރުތަކަށް ފުރުސަތު ދޭތީ އެވެ. ރައްޔިތުންގެ އަޑުއުފުލުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ އެއްވުންތައް ހުއްޓުވަން ސަލާމަތީ ހިދުމަތްތަކުން ގެންދަނީ ގަދަފަދަ ބާރުގެ ބޭނުންކުރަމުންނެވެ.

ކުއްލި ނުރައްކަލުގެ ހާލަތެއް މިހާރު ނެތް ކަމަށާއި ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ފުލުހުންނަށް އަންގައި، އަދި އެގޮތަށް އަމަލުކުރުމަށް ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިއުތިރާޒެއް ނެތްކަމަށް ވިދާޅުވެފައި ވަނިކޮށް، އެ ލަފާ ބޮލާލައި ޖަހި ނަމަވެސް ޕްރޮސިކިއުޓަރ ޖެނެރަލް އާއި ބަންޑާރަ ނައިބުގެ ވިސްނުންފުޅު ހުރި ގޮތުން، ކުއްލި ނުރައްކަލުގެ ހާލަތު ސައްހަ ނޫން ކަމަށް ބުނާ ބުނުމަށް ބާރުލިބިދެ އެވެ.

ނަމަވެސް މިކަންކަން ބޮލާލައި ޖަހައި، ފުލުހުން ވަނީ އިތުރު ނިންމުމެއް ނިންމައިފަ އެވެ. ވެރިކަންކުރާ ޕީޕީއެމްގެ ހަރަކާތްތައް ރޭގަނޑު 10:30 ގެ ފަހުން ނުހިންގާނެ ކަމަށް ނިންމިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފުލުހުން ބުނެފައިވަނީ މާލޭގެ އަމަން ދެމެހެއްޓުމުގެ ގޮތުން ރޭގަނޑު 10:30 ގެ ފަހުން ސިޔާސީ ހަރަކާތްތައް ހިންގަން ފުރުސަތެއް ނުދޭނެ ކަމަށެވެ. ފުލުހުން މިގޮތަށް ނިންމުމަކީ، ކުއްލި ނުރައްކަލުގެ ހާލަތު ނެތްކަން ބާރު ލިބިދޭ ކަމެކެވެ.

ފުލުހުންގެ އެންމެ މަތީ އޮފިސަރެއް ވިޔަސް، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހިފަހައްޓާފައިވާ އެއްވެ އުޅުމުގެ ހައްގު ދެވޭނެ ގޮތެއް ނެތެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްގެއް ހަނިކުރާނަމަ، އެކަން ހަނިކުރަންޖެހޭނީ ފުލުހުންގެ ޕްރެސް ކޮންފަރެންސްގައެއް ނޫނެވެ. ކުއްލި ނުރައްކަލުގެ ގަރާރުގައި އެކަން ތަފްސީލުކޮށް ބަޔާންވާންޖެހެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
20%
0%
80%
ކޮމެންޓް