ކ. މާލެ
|
25 ފެބްރުއަރީ 2018 | އާދީއްތަ 23:25
ފުލުހުންގެ ބެލުމުގެ ދަށަށް ނައިމާއްތަ ގެންދަނީ
ފުލުހުންގެ ބެލުމުގެ ދަށަށް ނައިމާއްތަ ގެންދަނީ
ރާއްޖެއެމްވީ
ކުއްލި ނުރައްކަލިގެ ހާލަތު
މިރޭގެ މުޒާހަރާ އިން ތިން މީހަކު ހައްޔަރުކޮށްފި
އެއްވެސް ފަރާތަކަށް މަގުމަތީގަ އާއި ޖަގަހަތަކުގެ ތެރޭގައި ހަރަކާތް ހިންގަން ފުރުޞަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ
ތިން މީހަކު ހައްޔަރުކޮށްފައިވޭ

މިމަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒް ކުރުމަށް ގޮވާލާ، ގުޅިފައިވާ ޕާޓީތަކުން ބޭއްވި ސިލްސިލާ މުޒާހަރާގެ ތެރެއިން މިރޭ ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހައްޔަރުކޮށްފައިވަނީ އެމްޑީޕީގެ ސަޕޯޓަރެއްކަމުގައިވާ ނައީމާ މުހައްމަދު (ނައިމާއްތަ) އާއި އިތުރު އަންހެނަކާއި ފިރިހެނެކެވެ. 

މި ތިން މީހުން ހައްޔަރުކޮށްފައިވާކަން ފުލުހުން ކަށަވަރު ނުކޮށްދިން ނަމަވެސް، މުޒާހަރާ ކަވަރުކުރަމުންދިޔަ ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަން ބުންޏެވެ. 

މިރޭގެ އެއްވުން ރޫޅާލުމަށްޓަކައި ފުލުހުން ބާރުބޭނުން ކޮށްފައެއް ނުވެއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މާލޭގެ އަމަން ގާއިމުކުރުމުގެ ގޮތުން އެއްވެސް ފަރާތަކަށް ރޭގަނޑު 10:30 ގެ ފަހުން އެއްވުން ބޭއްވުމަށް ފުރުސަތު ނުދޭނެކަމަށެވެ.

މިކަމުގައި ސިޔާސީ އެއްވެސް ފަރާތެއް އިސްތިސްނާ ނުކުރާނެ ކަމަށް ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް