ކ. މާލެ
|
25 ފެބްރުއަރީ 2018 | އާދީއްތަ 21:51
އެމެރިކާ އިން ދިވެހިރާއްޖެ އާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކޭޝަޕް
އެމެރިކާ އިން ދިވެހިރާއްޖެ އާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކޭޝަޕް
ރާއްޖޭގެ ހާލަތު
ރާއްޖޭގެ މިހާރުގެ ހާލަތާއި މެދު ހިތާމަކުރަން: އެމެރިކާ ސަފީރު
ފަނޑިޔާރުން ޖަލަށް ލުމަކީ ކަންބޮޑުވާ ކަމެއް
އެއްވުމަށް ވަކި ގަޑިއެއް ކަނޑައެޅުމުން ކަންބޮޑުވޭ

ރާއްޖޭގައި ހިނގަމުންދާ ކުއްލި ނުރައްކަލުގެ ހާލަތާއި ކާފިއު އާއި ކުރީގެ ރައީސަކު ޖަލުގައި ހުރުމުން ހިތާމަކުރައްވާ ކަމަށް އެމެރިކާ އިން ދިވެހިރާއްޖެ އާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކޭޝަޕް ވިދާޅުވެއްޖެއެވެ.

އަތުލް ކޭޝަޕް ކުރައްވާފައިވާ ޓްވީޓްގައި ވަނީ، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތާއި ވަކި ވަގުތެއްގައި އެއްނުވެވޭނެ ގޮތަށް މަނާ ކުރުމާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލުގައި ހުރުމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޖަލަށްލުމާއި މަޖިލީހަށް މެންބަރުންނަށް ނުވަދެވުމާއި އިހްތިޖާޖު ކުރާ ފަރާތްތަކުގެ މޫނަށް ޕެޕާ ސްޕްރޭ ޖެހުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

މީގެ ކުރިން ވެސް އަތުލް ކެޝަޕް ވަނީ ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި، ކުއްލި ނުރައްކަލުގެ ހާލަތު ހުވާލުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

ފެބްރުއަރީ 5 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު އަސްކަރިއްޔާ އިން ވަނީ ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައެވެ. އަދި ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައެވެ. 

ސިޔާސީ ހައްޔަރީ މިނިވަންކުރުމަށާއި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވައި ނެރުއްވި އަކުމް، އޭގެ ތެރެއިން ތިން ފަނޑީޔާރެއްގެ ނަމުގައި ވަނީ ބާތިލްކޮށްފައެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރާއި އިތުރު ފަނޑިޔާރަކު ހައްޔަރުކޮށް ސުޕްރީމް ކޯޓު ހިސޯރުކޮށްފައިވާތީ އެއީ ސައްހަ ހުުކުމްތަކެއްތޯ ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް