ކ. މާލެ
|
25 ފެބްރުއަރީ 2018 | އާދީއްތަ 17:34
ހޮނިހިރު ދުވަހުގެރޭގެ މުޒާހަރާގެ ތެރެއިން
ހޮނިހިރު ދުވަހުގެރޭގެ މުޒާހަރާގެ ތެރެއިން
ރާއްޖެ އެމްވީ
ހައްޔަރުކުރި މީހުން
ހޮނިހިރު ދުވަހުގެރޭގެ މުޒާހަރާ އިން ހައްޔަރުކުރި ފަސް މީހުން ދޫކޮށްލައިފި
 
ހައްޔަރުކުރި އެކެއްގެ ފަޔަށް ވަނީ އަނިޔާވެފައި
 
ހައްޔަރުކުރި މީހުންގެ ތެރޭގައި ދެމަފިރިންވެސް ހިމެނޭ

މިމަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒް ކުރުމަށް ގޮވާލާ، ގުޅިފައިވާ ޕާޓީތަކުން ބާއްވާ ސިލްސިލާ މުޒާހަރާގެ ތެރެއިން ހޮނިހިރު ދުވަހުގެރޭގެ މުޒާހަރާ އިން ހައްޔަރުކުރި ފަސް މީހުން ދޫކޮށްލައިފިއެވެ.

ޤާނޫނީ ވަކީލް ނާޒިމް އަބްދުއް ސައްތާރު ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ހޮނިހިރު ދުވަހުގެ ރޭ ވިދާޅުވީ ހައްޔަރު ކުރި ފަސް މީހުންގެ ތެރޭގައި ދެމަފިރިންވެސް ހިމެނޭ ކަމަށާއި ހައްޔަރުކުރި މީހުންގެ ތެރެއިން އެކެއްގެ ފަޔަށް އަނިޔާވެސް ވެފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހުގެ ރޭ މުޒާހަރާ ފުރަތަމަ ފެށީ އެމްޑީޕީ ހަރުގެ ސަރަހައްދުންނެވެ. ނަމަވެސް ފުލުހުން ވަނީ ވަކި ހިސާބަކުން މުޒާހަރާ ކުރަމުންދިޔަ މީހުން އެސަރަހައްދުން ފައްސާލާފައެވެ. މުޒާހަރާގެ ބައިވެރިން އެމްޑީޕީ ހަރުގެ ސަރަހައްދުން ފައްސާލުމާއެކު އާޓިފިޝަލް ބީޗް ސަރަހައްދު ތެރެއަށް ވަން މީހުން ފަހާ ދުވެ އެސަރަހައްދުންވެސް މީހުންތައް ފޮނުވާލާފައެވެ. އެއާއިއެކު ބައެއް މީހުން ވަނީ އެކި މަގުމަގުން ރަށުތެރެއަށް އަރައި ކުނޫޒް ސަރަހައްދުގައި އެއްވެ ޝުއޫރު ފާޅުކޮށްފައެވެ.

ރޭގެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ވަރަށް ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވިއިރު މެންދަމުން އަލިވެ 2 ޖެހުމާ ހަމައަށްވެސް މުޒާހަރާ ކުރިއަށް ދިޔައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް