ކ. މާލެ
|
25 ފެބްރުއަރީ 2018 | އާދީއްތަ 17:22
ކްރިމިނަލް ކޯޓަށް ގާސިމް ވަޑައިގެންނެވި ދުވަހެއްގައި ހަނާ އަޅުއްވަނީ
ކްރިމިނަލް ކޯޓަށް ގާސިމް ވަޑައިގެންނެވި ދުވަހެއްގައި ހަނާ އަޅުއްވަނީ
ރާއްޖެއެމްވީ
ޖުމްހޫރީ ޕާޓީ
ގާސިމްގެ ވާހަކަ އޮޅުވާލަމުންދާ ކަމަށް ބުނެ، ޖޭޕީން ރައްދު ދީފި
 
މިނިސްޓަރު ސައީދަށް ޖޭޕީގެ ބަހުގެ ހަމަލާތަކެއް
 
ޖުޑީޝަރީއަތް ގާސިމް ހެޔޮ ބަދަލުތަކެއް ގެންނެވި: ސަމީރު
 
ސަރުކާރުން ފިތުނަފަސާދަ އުފައްދާ ކަމަށް ތުހުމަތު ކުރި

ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ސަރުކާރަށް ބަލައިނުގަނެވުނު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްކެވި ވާހަކަ އޮޅުވާލައިގެން ފަތުރަމުންދާ ކަމަށް ބުނެ، ޖުމްހޫރީ ޕާޓީން އެ ވާހަކަތަކަށް ރައްދު ދީފިއެވެ.

ޖަރުމަނުގައި ހުންނަވައި ރާއްޖެޓީވީގެ ލައިވް ކަވަރޭޖަށް ހޮނިހިރު ދުވަހު ދެއްވި އިންޓަވިއުއެއްގައި، "އަޅުގަނޑުމެން ފެބްރުއަރީ އެކެއްގައި ހުކުމެއް ނެރުނީމާ އެ ކަމަކު ނުދިޔަ" ކަމަށް ގާސިމް ވިދާޅުވި ވާހަކަ އޮޅުވާލައިގެން ދައްކަމުންދަނީ ފިތުނަ ފަސާދަ އުފެއްދުމަށް ކަމަށެވެ. ސަރުކާރު ހިންގާ ޕީޕީއެމުން، ބާއްވާ ޕްރެސް ކޮންފަރެންސްތަކުގައި ގާސިމަށް އަމާޒުވާ ގޮތަށް އެފަދަ ވާހަކަތައް ނުދެއްކުމަށާއި ކަމުގެ ހަގީގަތް އޮޅުވާލުމަށް ސަރުކާރުން މަސައްކަތް ނުކުރުމަށް ސަމީރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ސަމީރު ވިދާޅުވީ ގާސިމަކީ ޖުޑީޝަރީއަށް ހެޔޮ ބަދަލުތަކެއް ގެންނެވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. އެގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރަކަށް ގާސިމް ހުންނެވިއިރު، ޝަރުއީ ދާއިރާގެ ކަންކަން ހަރުދަނާ ކުރެއްވުމަށް މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އިލްމީ ބޭފުޅުން ޝަރުއީ ދާއިރާ އަށް ނެރުއްވުމަށްޓަކައި ގާސިމް އިބްރާހިމް އެހީތެރިވެވަޑައިގެންނެވި ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.

ގާސިމަށް ރައްދު ކުރައްވައި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ވެސް ސަމީރު ވަނީ ރައްދު ދެއްވައިފައެވެ. އޭނާ ވިދާޅުވީ ގާސިމް ހަރަދުކޮށްގެން، ކިޔަވައިދީ އަންނައުނު ދީގެން، އަދި ޖުމްހޫރީ ޕާޓީގެ ސޮލެޓެއްގައި ވަޒީރުކަމަށް ވަޑައިގަތުމަށް ފަހު ގާސިމަށް ބަހުގެ ހަމަލާތައް ދޭން ލަދުގަންނަންޖެހޭނެ ކަމަށެވެ.

ގާސިމް ރައްދު ކުރައްވައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަމުން ގެންދަވަނީ "ދިދަ ޖެހި ކާރުކޮޅާއި ފެލެޓުތައް ގެންލިދާނެތީ" އެކަމުގެ ބިރަށް ކަމަށް ސަމީރު ތުހުމަތު ކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
33%
33%
33%
ކޮމެންޓް