ކ. މާލެ
|
25 ފެބްރުއަރީ 2018 | އާދީއްތަ 15:30
ރ މަޑުއްވަރި
ރ މަޑުއްވަރި
މުހައްމަދު ފަޒީން
ރ. މަޑުއްވަރި
މަޑުއްވަރީ މިސްކިތްތަކަށް މުދިމަކު ހަމަޖައްސައިނުދޭތާ 2 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ!
 
އިސްލާމިކް މިނިސްޓްރީއިން އެކަށީގެންވާ ޖަވާބެއް ނުދޭ

ރ. އަތޮޅު މަޑުއްވަރީގެ 2 މިސްކިތުގައި ދާއިމީ ވަޒީފާއަށް އިސްލާމިކް މިނިސްޓްރީއިން މުދިމުން ހަމަޖައްސައިނުދީ، 2 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަން އެރަށު ކައުންސިލުން ހާމަކޮށްފިއެވެ.

މަޑުއްވަރީ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައިވަނީ އެ ރަށުގެ 2 މިސްކިތުގެ 2 އިމާމުން މަޤާމުން އިސްތިއުފާ ދިންތާ މިހާތަނަށް 2 އަހަރާއި 2 މަސްދުވަސްވެފައިވާއިރު، ދެ ފަހަރެއްގެ މަތިން މުދިމުން ހޯދުމަށް އިއުލާންކޮށް، ކުރިމަތިލި ފަރާތްތަކާއި އިންޓަވިއުކޮށް، އިސްލާމިކް މިނިސްޓްރީއަށް ފޮނުވާފައިވާކަމަށެވެ. އެހެން ނަމަވެސް މިއަދާއި ހަމަޔަށް އައިއިރުވެސް އެއަށް ޖަވާބެއް ދެއްވާފައިނުވާއިރު، އެއް މިސްކިތުގެ މުދިމު މަޤާމުން ވަކިކުރިކަމުގެ ޗިޓް އަދިވެސް ލިބިފައިވާނުވާކަމަށް ކައުންސިލުން ނެރުނު ބަޔާނުގައިވެއެވެ. އަދި ދެވަނަ މުދިމު ވަޒީފާއިން ވަކިވިކަމުގެ ޗިޓް ލިބުނީ އޭނާ މަޤާމުން އިސްތިއުފާދިންތާ ދެ އަހަރުވާން ގާތްވެފައިވަނިކޮށްކަމަށްވެސް އެބަޔާނުގައިވެއެވެ.

މަޑުއްވަރި ކައުންސިލުން މިބަޔާން ނެރުނީ އާދިއްތަ ދުވަހު މަޑުއްވަރީ މިސްކިތްތަކަށް 2 މުދިމުން ހޯދަން އިސްލާމިކް މިނިސްޓްރީއިން އިއުލާންކުރުމާއި ވިދިގެންނެވެ.

މުދިމުންގެ އިތުރުން އެއް މިސްކިތުގެ މަސައްކަތު މީހާގެ މަޤާމަށްވެސް ދާއިމީ މުވައްޒަފަކު ހޯދައިދީފައިނުވާކަމަށް މަޑުއްވަރީ ކައުންސިލުން ބުނެއެވެ.

މިބަޔާނުގައި މަޑުއްވަރި ކައުންސިލުން ވަނީ އިސްލާމިކް މިނިސްޓްރީއާއި މުއާމަލާތު ކުރުމުގައި ހުރި ދަތިތައް ފާހަގަކޮށްފައެވެ. އެގޮތުން މިނިސްޓްރީއަށް ފޮނުވާ ލިޔެކިޔުންތަކަށް ޖަވާބު ދީފައިނުވާއިރު، މިނިސްޓަރާއި ބައްދަލުކުރަން އެޕޮއިންޓްމަންޓަށް އެދުމުން، އެޕޮއިންޓްމަންޓް ދެއްވާފައިވެސް ބައްދަލުނުކުރައްވާކަން ފާހަގަކޮށްފައިވެއެވެ. އަދި މިނިސްޓްރީގެ 3 ޕާމަނަންޓް ސެކްރެޓަރީ އަކާއި މިމައްސަލަތައް ހިއްސާކޮށްފައިވާއިރު، މިނިސްޓްރީއިން ދެ ފަހަރަކު އެއް މުވައްޒަފަކާއި މިމައްސަލައިގައި މުޢާމަލާތު ނުކުރެވޭކަމަށާއި، މައްސަލައިގައި ޖަވާބުދާރީވުމަށް މިނިސްޓްރީގެ މުވައްޒަފުން ނުކުޅެދިފައިވާކަން މަޑުއްވަރީ ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

މި ބަޔާން ނެރުނީ މަޑުއްވަރީ ކައުންސިލްގެ 3 މެމްބަރުންގެ ސޮޔާއިއެކުގައެވެ.

ކައުންސިލްތަކުން މިސްކިތްތަކަށް ބަލަހައްޓަމުން ދިޔަނަމަވެސް، 2015 ވަނަ އަހަރުން ފެށިގެން މިސްކިތްތަކަށް ބަލަހައްޓަނީ އިސްލާމިކް މިނިސްޓްރީއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް