ކ. މާލެ
|
25 ފެބްރުއަރީ 2018 | އާދީއްތަ 12:02
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ގޫގުލް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަނީ
 
އިތުރު ކަމެއް އެޖެންޑާއަކު ނެތް
 
އެޖެންޑާ: ރާއްޖެއިން ކަނޑައަޅުންވާ ޖަޕާންގައި ހުންނަވާ ސަފީރު އައްޔަން ކުރުމުގެ މައްސަލަ
 
އެޖެންޑާ: އެންއައިސީއަށް މެމްބަރަކު އައްޔަން ކުރުމުގެ މައްސަލަ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ހޯމަ ދުވަހު ބޭއްވުމަށް މަޖިލީހުން ނިންމައިފި އެވެ.

ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ އާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ، މ.ފޭމަންސް، އިބްރާހީމް އުވައިސްގެ ނަންފުޅު ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ އެވެ.

ދެން އިތުރުކަމެއް މަޖިލީހުގެ މިޖަލްސާގައި އެޖެންޑާ ކޮށްފައެއް ނުވެއެވެ. 

ރައްޔިތުން މަޖިލީހުގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ. ނަމަވެސް މިއަހރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ މިމަހުގެ ފުރަތަމަ ހަފްތާގައި ބާއްވަންޖެހޭއިރު، ސަލާމަތީ ސަބަބުތަކަކަށްޓަކައި ކަމަށް ބުނެ އެޖެންޑާކުރި ޖަލްސާ ވަނީ ކެންސަލް ކޮށްފަ އެވެ.

މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ފަށާއިރު އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށްބުނާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އޭގެ ފަހުން އަނެއްކާ ވެސް ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުން އެ 12 މެމްބަރުންގެ ގޮނޑިއާމެދު ސަލާމަތީ ހިދްމަތްތަކުން ސުވާލު އުފައްދާ، އެ މެމްބަރުން މަޖިލީހަށް ވަނުމަށް ސަލާމަތީ ހިދްމަތްތަކުން ދަނީ ހުރަސް އަޅަމުންނެވެ.

މީގެއިތުރުން ސުވާލު އުފެދިފައިވާ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ހުށަހަޅާފައިވާ މައްސަލައަށް މިއަދާ ހަމައަށް ވޯޓަށް އެހުމެއްނެތި މަސީހު ބޭނުންވެލައްވާ ގޮތަށް ސިފައި މެދުވެރިކޮށް ޖަލްސާތައް ގެންދަނީ ބާއްވަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް