ކ. މާލެ
|
25 ފެބްރުއަރީ 2018 | އާދީއްތަ 11:02
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ގޫގުލް
އިލެކްޝަންސް ކޮމިޝަން
އީސީގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި
 
އީސީގެ ރައީސް ވަނީ ޖެނުއަރީ ގައި އިސްތިއުފާ ދެއްވާފައި
 
މުއްދަތު ހަމަވާނީ އަންނަ މާޗް މަހުގެ 1 ވަނަ ދުވަހުގެ  10:00 ގެ ނިޔަލަށް

އިލެކްޝަންސް ކޮމިޝަން(އީސީ)ގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ފުރަތަމަ ހުޅުވާލީ އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަހުމަދު ސުލައިމާނު އިސްތިއުފާ ދެއްވިތާ 24 ގަޑިއިރު ވެސް ނުވަނީސް ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގައެވެ. އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހުގެ 31 ވަނަ ދުވަހު ހުޅުވާލި ނަމަވެސް، އެކަށީގެންވާ އަދަދަކަށް އެ މަގާމަށް ބޭފުޅުން ކުރިމަތިލާފައި ނުވާތީ އަލުން ފުރުސަތު ހުޅުވާލީ ކަމަށް ރައީސް އޮފީހުން އާދީއްތަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް އަލަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާނީ އަންނަ މާޗް މަހުގެ 1 ވަނަ ދުވަހުގެ  10:00 ގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް