ކ. މާލެ
|
25 ފެބްރުއަރީ 2018 | އާދީއްތަ 09:24
ޗައިނާ އީސްޓާންގެ މަތިންދާ ބޯޓެއް: ރާއްޖެ އަންނަ މި އެއާލައިންގެ ފްލައިޓްތަކުގެ ކްރޫން މިހާރު މަޑުކުރަނީ ކޮލަމްބޯގައި
ޗައިނާ އީސްޓާންގެ މަތިންދާ ބޯޓެއް: ރާއްޖެ އަންނަ މި އެއާލައިންގެ ފްލައިޓްތަކުގެ ކްރޫން މިހާރު މަޑުކުރަނީ ކޮލަމްބޯގައި
ޓްވިޓަރ
ކުއްލި ނުރައްކަލުގެ ހާލަތު
ބައެއް ފްލައިޓްތަކުގެ ކްރޫން ރާއްޖޭގައި މަޑުކުރުން ހުއްޓާލައިފި
 
ކުއްލި ނުރައްކަލުގެ ހާލަތު ގާނޫނާ ހިލާފު ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ
 
ރާއްޖޭގެ އިގްތިސޯދަށް ބޮޑު ގެއްލުމެއް ލިބޭނެ
 
ޓޫރިސްޓުން އަންނަ އަދަދު ދަނީ ދަށްވަމުން

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ފަހުން އަންނަ ޗައިނާގެ ބައެއް ފްލައިޓްތަކުގެ ކްރޫން ރާއްޖޭގައި މަޑުކުރުން ހުއްޓާލައިފި އެވެ.

ބައެއް ހޮޓެލްތަކުގެ އޮފިޝަލުން ބުނި ގޮތުގައި ކޮންމެ ދުވަހަކު ވެސް ޗައިނާގެ ދެތިން ފްލައިޓް ރާއްޖެއަށް އަންނައިރު، ފެބްރުއަރީ 5 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުގެ ކުރިން އެ ފްލައިޓްތަކުގެ ކްްރޫން މަޑުކުރަނީ ރާއްޖޭގަ އެވެ. ނަމަވެސް މިހާރު ގިނަ ފްލައިޓްތަކުގެ ކްރޫން ރާއްޖޭގައި މަޑުކުރުމުގެ ބަދަލުގައި ދަނީ ކޮލަމްބޯއަށް ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

"ޗައިނާ އީސްޓާން އާއި ޗައިނާ ސަދާންގެ ފްލައިޓްތައް ކޮންމެ ދުވަހަކު ވެސް އާދޭ. އޭގެ ގިނަ ފްލައިޓްތަކުގެ ކްރީން މިހާރު ރާއްޖޭގައި މަޑުކުރުން ވަނީ ހުއްޓާލާފައި. މިއީ ހޮޓާތަކަށް ވަރަށް ބޮޑު ގެއްލުމެއް،" މަޝްހޫރު ހޮޓަލެއްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ނަން ހާމަނުކުރަން އެދި ވާހަކަ ދެއްކެވި އެ އޮފިޝަލް ވިދާޅުވި ގޮތުގައި ރާއްޖޭގެ ހޮޓެލް އާއި ގެސްޓް ހައުސްތަކުގެ އޮކިއުޕަންސީ ވެސް މިހާރު ވަނީ އިންތިހާއަށް ދަށަށް ގޮސްފަ އެވެ.  

"މިއީ ތާރީޚްގައި ވެސް ދަށް ނުދާވަރަށް ޓޫރިޒަމް ދަރަށް ގޮސްފައިވާ ދުވަސްވަރެއް. ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދެމިގެންދަންޏާ ވަރަށް ބޮޑު ގެއްލުމެއް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ނެތް ކަމަށް ބުނެ، މިހާރު ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ފުލުހުންނަށް އެންގި އެންގުމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ތާއިދުކުރެއްވި ނަމަވެސް އެއްވެސް މީހަކު ދޫކުރުމުގެ ބަދަލުގައި ހައްޔަރުކުރާ މީހުން ދަނީ އިތުރުވަމުންނެވެ.

ގާނޫނާ ހިލާފު ކުއްލި ހާލަތެއް ކަމަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ވެސް ބުނަމުންދާއިރު، މި ހާލަތު 45 ދުވަހަށް ދިގު ދަންމާލާފައި ވަނީ ސަރުކާރުގެ ހުދުމުޚްތާރުކަން ދެމެހެއްޓުމަށް ކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ. މި ދުވަސްވަރު ދައުލަތުގެ ދެ ބާރުކަމުގައިވާ ގާނޫނު އަދާ މަޖިލީހާއި ސުޕްރީމް ކޯޓް އަސްކަރިއްޔާއިން ހިސޯރުކޮށްފައިވާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
8%
50%
8%
33%
ކޮމެންޓް