ކ. މާލެ
|
25 ފެބްރުއަރީ 2018 | އާދީއްތަ 09:31
ސުޕްރީމް ކޯޓު ސަރަހައްދުގައި ފުލުހުންނާއި ސިފައިން
ސުޕްރީމް ކޯޓު ސަރަހައްދުގައި ފުލުހުންނާއި ސިފައިން
މުހައްމަދު ޝަރުހާން
ކުއްލި ނުރައްކަލުގެ ހާލަތު
ސިފައިން ސުޕްރީމް ކޯޓަށް ވަންނަން ޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ: މައުމޫން ހަމީދު
 
އުއްތަމަ ފަނޑިޔާރަށް ހެދިގޮތް ހަދާފާނެ ކަމުގެ ބިރު އެބަ އޮތް

ސިފައިން ސުޕްރީމް ކޯޓަށް ވަންނަން ޖެހޭނެ އެއްވެސް ބޭނުނެއް އޮވެގެން ނުވާނެ ކަމަށާއި މިކަމުން އެނގިގެންދަނީ ޖުޑިޝަރީއަށް ކުރިމަތިވެފައިވާ ފިއްތުންތައް ކަމަށް ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓަށް ގިނަ އަދަދެއްގެ ސިފައިން ވަންނަ މަންޒަރު ފެންނަ ވީޑިއޯއެއް ރާއްޖެޓީވީން ޓްވީޓްކުރުމާ ގުޅިގެން އެކަމަށް ރައްދު ދެއްވާ މައުމޫން ހަމީދު ވިދާޅުވީ، ޝަރުއީ ކޯޓެއްގެ ތެރެއަށް ސިފައިން ވަންނަން ޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ. މިކަމުން މި ލިބިގެންދަނީ މިހާރު ސުޕްރީމް ކޯޓުގައި ތިބި ތިން ފަނޑިޔާރުނަށްވެސް އިންޒާރުތަކެއް ކަމަށާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ވީގޮތް މިހާރު ތިބި ފަނޑިޔާރުންނަށްވެސް ވެދާނޭ ކަން ކަމަށް އޭނާ ވިދާޅުވި އެވެ.  

ރާއްޖެޓީވީއަށް ލިބިފައިވާ މި ވީޑިއޯ އިން ފެންނަ ގޮތުގައި ކޮމްބެޓް ޔުނިފޯމުގައި ތިބި ގިނަ އަދަދެއްގެ ސިފައިން ވަނީ މުގުރުބުރި އާއި ސަލާމަތީ ވެސްޓް ހިފައިންގެ ސުޕްރީމް ކޯޓަށް ވަދެފަ އެވެ. ރާއްޖެޓީވީގެ ނޫސްވެރިންނަށް ވެސް މި މަންޒަރު ވަނީ ފެނިފައެވެ.

ފެބްރުއަރީ 5 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު އަސްކަރިއްޔާއިން ވަނީ ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފަ އެވެ. އަދި ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ. 

ސިޔާސީ ހައްޔަރީ މިނިވަންކުރުމަށާއި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަނީ ބާތިލުކޮށްފަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
67%
0%
33%
ކޮމެންޓް