ކ. މާލެ
|
25 ފެބްރުއަރީ 2018 | އާދީއްތަ 06:41
ހޮނިހިރު ދުވަހުގެރޭގެ މުޒާހަރާގެ ތެރެއިން
ހޮނިހިރު ދުވަހުގެރޭގެ މުޒާހަރާގެ ތެރެއިން
ރާއްޖެ އެމްވީ
ރައްޔިތުންގެ ބަދަލު
ރޭގެ މުޒާހަރާއިން 5 މީހަކު ހައްޔަރުކުރި
 
ހައްޔަރުކުރި އެކެއްގެ ފަޔަށް ވަނީ އަނިޔާވެފައި
 
ހައްޔަރުކުރި މީހުންގެ ތެރޭގައި ދެމަފިރިންވެސް ހިމެނޭ
 
ތުހުމަތު ކުރަނީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމަށް

މިމަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒް ކުރުމަށް ގޮވާލާ، ގުޅިފައިވާ ޕާޓީތަކުން ބާއްވާ ސިލްސިލާ މުޒާހަރާގެ ތެރެއިން ހޮނިހިރު ދުވަހުގެރޭގެ މުޒާހަރާއިން 5 މީހަކު ހައްޔަރުކޮށްފިއެވެ.

އެކަން ފުލުހުން ކަށަވަރުކޮށް ނުދިންނަމަވެސް ހައްޔަރުކުރި މީހުންގެ ޤާނޫނީ ވަކީލް، ނާޒިމް އަބްދުއް ސައްތާރު ވަނީ ރާއްޖެ އެމްވީއަށް އެކަން ކަށަވަރު ކޮށްދެއްވާފައެވެ.

ނާޒިމް ވިދާޅުވީ ހައްޔަރު ކުރި 5 މީހުންގެ ތެރޭގައި ދެމަފިރިންވެސް ހިމެނޭ ކަމަށާއި ހައްޔަރުކުރި މީހުންގެ ތެރެއިން އެކެއްގެ ފަޔަށް އަނިޔާވެސް ވެފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ހައްޔަރުކުރި މީހުންނަށް ކުރާ ކުށުގެ ތުހުމަތަކީ ޤާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތު ކަމަށެވެ. އެއީ ޤާނޫނުލް އުޤޫބާތުގެ ދަށުން ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ރޭގެ މުޒާހަރާވެސް ފުރަތަމަ ފެށީ އެމްޑީޕީ ހަރުގެ ސަރަހައްދުންނެވެ. ނަމވެސް ފުލުހުން ވަނީ ވަކި ހިސާބަކުން މުޒާހަރާ ކުރަމުންދިޔަ މީހުން އެސަރަހައްދުން ފައްސާލާފައެވެ. މުޒާހަރާގެ ބައިވެރިން އެމްޑީޕީ ހަރުގެ ސަރަޙައްދުން ފައްސާލުމާއެކު އާޓިފިޝަލް ބީޗް ސަރަހައްދު ތެރެއަށް ވަން މީހުން ފަހާ ދުވެ އެސަރަހައްދުންވެސް މީހުންތައް ފޮނުވާލާފައެވެ. އެއާއިއެކު ބައެއް މީހުން ވަނީ އެކިމަގުމަގުން ރަށުތެރެއަށް އަރައި ކުނޫޒް ސަރަހައްދުގައި އެއްވެ ޝުއޫރު ފާޅުކޮށްފައެވެ.

ރޭގެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ވަރަށް ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވިއިރު މެންދަމުން އަލިވެ 2 ޖެހުމާ ހަމައަށްވެސް މުޒާހަރާ ކުރިއަށް ދިޔައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
60%
0%
0%
0%
40%
ކޮމެންޓް