ކ. މާލެ
|
25 ފެބްރުއަރީ 2018 | އާދީއްތަ 06:35
ސަމީރު މުޒާހަރާއެއްގައި ވާހަކަ ދައްކަވަނީ
ސަމީރު މުޒާހަރާއެއްގައި ވާހަކަ ދައްކަވަނީ
މުހައްމަދު ޝަރުހާން
ރައްޔިތުންގެ ބަދަލު
ރައީސް މައުމޫން އޮންނެވި ގޮޅީގައި ދާދިއަވަހަށް ރައީސް ޔާމީން ބާއްވާނަން: ސަމީރު
 
ރަނގަޅު ޖުޑިޝަރީއެއް އޮތްނަމަ ރައީސް ޔާމީން މިހާރު އޮންނަވާނީ ހުރަގޭގައި
 
ރައީސް ޔާމީނަކީ ބުއްދި ސަލާމަތުން ހުރި މީހެއްކަމަށް ޤަބޫލެއް ނުކުރެވޭ
 
ރައްޔިތުން ބޭނުންވަނީ އަމާނާތްތެރި، ޤައުމަށް ވަފާތެރި ވެރިއެއް

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އޮންނެވި ގޮޅީގައި އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބާއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާގައި ހޮނިހިރު ދުވަހުގެރޭ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ވާހަކަ ދައްކަވަމުންނެވެ.

ސަމީރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ޤައުމަށް ވަފާތެރި، އަމާނާތްތެރި ވެރިއެއް ކަމަށެވެ. އަދި އެ ވެރިމީހާ ވާން ވާނީ ރައްޔިތުންނަށް އުފަލާއި ފާގަތިކަން ހޯދައިދިނުމަށް ރައްޔިތުންނާއި އެކުގައި މަސައްކަތް ކުރާ، ރައްޔިތުންނަށް އަނިޔާ ނުކުރާ، އިސްލާމްދީނާއި ރައްޔިތުންދެކެ ލޯބިވާ ވެރިއަކަށް ކަމަށްވެސް ސަމީރު ވިދާލުވިއެވެ.

ރައީސް ޔާމީންގެ ކިބައިގައި އެސިފަތައް ހުރިކަމާމެދު ސުވާލު އުފައްދަވަމުން ސަމީރު ވިދާޅުވީ، އެމަނިކުފާނުގެ އެ ސިފަތައް ނެތްކަމަށް ވާނަމަ ޤާނޫން އަސާސީގެ 109 ވަނަ މާއްދާގައި ބުނާގޮތުން ރައީސް ޔާމީނަކީ ބުއްދި ސަލާމަތުން ހުރި ބޭފުޅެއްކަމަށް ޤަބޫލެއް ނުކުރެއްވޭ ކަމަށެވެ.

ސަމީރު ވިދާޅުވީ ބުއްދި ސަލާމަތުން ހުރިނަމަ އިސްލާމްދީނަށް ފުރައްސާރަ ނުކުރައްވާނެ ކަމަށާއި، އެހެން ނޫންނަމަ ރައްޔިތުންނަށް އަނިޔާވެސް ނުކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ލިބިދީފައި އޮތް މިނިވަންކަން ނިގުޅައިގަނެ އަމިއްލައަށް ސިފައިންނާއި ފުލުހުންގެ މަދު ބައެއްގެ ހިމާޔަތުގައި ހުންނަވައިގެން ރޭގަނޑުދާ ހަތަރުދަމު އެމަނިކުފާނު ނިދިކުރެއްވުމެއްނެތި ނުހުންނަވާނެ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

ކުރިން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ ސަމީރު ވިދާޅުވީ، ފެނިގެންދަނީ ދިވެހިން އެދޭފަދަ ވެރިޔަކަށް ރައީސް ޔާމީން ނުވާތަން ކަމަށާއި އިރާދަ ކުރެއްވިއްޔާ ދާދި އަވަހަށް ޤާނޫނީ ހަމަތަކުން ރައީސް ޔާމީން ހައްޔަރު ކުރައްވާނެ ކަމަށެވެ. ފެނިގެންދަނީ އަމިއްލަ އަންބޮނޑި ބޮޑުކުރާތަން ކަމަށާއި އަމިއްލަ އިއުތިރާފުން ތިމަންނާގެ ގެއަށް ކަޅުފޮށިތައް ވަންކަމަށް ބުނާތަން ކަމަށެވެ.

ސަމީރު ވިދާޅުވީ، މިރާއްޖޭގައި ޤާނޫނީ ވެރިކަމެއް އޮވެ، ޤާނޫނުއަސާސީ ހިމާޔަތް ކުރެވިގެން ހިންގޭ ރަނގަޅު ޖުޑިޝަރީއަކާއި ރައްޔިތުންގެ މަޖިލިސްއެއް މިނިވަންކަމާއެކު ހިނގާނަމަ، ރައީސް ޔާމީން މިއަދު ހުންނަވާނީ ޖަލުގައި ކަމަށެވެ.

"ކަންބޮޑުވާނެ ކަމެއް ނެތް އިރާދަ ކުރެއްވިއްޔާ ދާދި އަވަހަށް ރައީސް މައުމޫނާއި އަދިވެސް އެނޫން ބޭފުޅުން އެބާއްވާފައި އޮތް ގޮޅީގައި ރައީސް ޔާމީން ގެންގޮސް ނިކަން ރީތިކޮށް އަޅުގަނޑުމެން އަތުރާލާނަން" ސަމީރު ވިދާޅުވިއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
78%
0%
0%
0%
22%
ކޮމެންޓް