ކ. މާލެ
|
25 ފެބްރުއަރީ 2018 | އާދީއްތަ 01:08
ހިސާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ހިސާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޓްވިޓަރ
ހިސާން ހުސައިން
ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޙައްގު ފުލުހުން ވަނީ ހަނިކޮށްފައި: ހިސާން
 
މުއްދަތު ޖެހުމުގެ މަޖިލިސް ކުރިއަށް ދަނީ މުވައްކިލާ ވަކީލަށް ބައްދަލު ނުކުރެވި
 
ބުރާސްފަތި ދުވަހު ހައްޔަރުކުރާ މީހަކަށް ވަކީލަކާ ބައްދަލު ކުރެވެނީ އާދީއްތަ ދުވަހު

މިހާރު ހައްޔަރު ކުރާ މީހުންނަށް ޤާނޫން އަސާސީގައި ބުނާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޙައްޤު ފުލުހުން ހަނިކުރަމުންމުންދާކަމަށް މަޝްހޫރު ޤާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ގެނެސްދިން "ކުއްލި ނުރައްކަލުގެ ޙާލަތު"ގެ ކަވަރޭޖްގެ ތެރެއިން ހިސާން ވިދާޅުވީ ޤާނޫނީ ވަކީލެއްގެ ހައްގު ލިބިދިނުމަކީ ޤާނޫން އަސާސީން ލިބެދޭ ހައްޤެއް ކަމަށާއި އެއީ ހައްޔަރުކުރެވޭ ކޮންމެ މީހަކަށްވެސް ފޯރުކޮށްދޭން ޖެހޭނެ ހައްގެއް ކަމަށެވެ.

ހިސާން ވިދާޅުވީ ބަންދުކުރެވޭ މީހުންނަށް ޤާނޫނީ ވަކީލެއް ހޯދުމުގެ ފުރުސަތު ބަންދު ނުކުރާކަމަށް ފުލުހުން ބުނިކަމުގައި ވީނަމަވެސް ފުލުހުންގެ ޢަމަލްތައް ބައްޓަން ކޮށްފައިވަނީ ކުށުގެ ތުހުމަތުގައި ހުންނަ މީހާއަށް ބޭނުންވާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ވީހާވެސް ލިމިޓެޑްކޮށްދެވޭނޭ ގޮތަކަށް ކަމަށެވެ.

"އެއްކަމަކަށް ބުރާސްފަތި ދުވަހު ހައްޔަރުކުރެވޭ މީހާއަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބެނީ އާދީއްތަ ދުވަހު. އެބޭފުޅުން ވިދާޅުވާ ގޮތުގައި ހުކުރު އަދި ހޮނިހިރު ދުވަހަކީ ސަރުކާރު ބަންދު ދެދުވަސް ކަމުގައި ވާތީ ބަންދުގައި ތިބޭ މީހުންނާ ބައްދަލު ކުރުމަށް ވަކީލުންނަށް ފުރުސަތެއް ނުދެމޭ. ޤާނޫން އަސާސީގައި އޮންނަ ހައްގެއް ބަންދުދުވަހެއް އައިސްގެން ހިފެހެއްޓޭނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ. އަދި އެއްވެސް ޤާނޫނެއްގައި އެގޮތައް ލިބިދޭ އަސާސީ ހައްގެއް ހިފެހެއްޓޭނޭކަމަކަށްވެސް ބަޔާންކޮށްފައެއް ނޯވޭ. އެހެންވީމާ ޤާނޫން އަސާސީއާ ޚިލާފަށް އެބޭފުޅުން ބަންދުކޮށްފައި ތިބޭ މީހުންނާމެދު ހުކުރު ހޮނިހިރު ދުވަހު ޢަމަލް ކުރަމުން ދަނީ" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު، ބަންދުގެ މުއްދަތު ޖެހުމަށްޓަކައި ކޯޓަށް ގެންނަ ކަމަށާއި އެހެންނަމަވެސް އޭނާގެ ދިފާއުގައި ވަކީލު އެހީތެރިކަން ފޯރުކޮށްދޭން ޖެހެނީ އޭނާގެ މުވައްކިލާ ބައްދަލުވެސް ނުވެ ކަމަށެވެ. އަދި އެސްއޯއީގެ ދަށުން ހައްޔަރުކޮށްފައި ތިބޭ މީހުންނަށް އަދި ދިމާވަނީ މާ ދެރަ ގޮތްތަކެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
33%
0%
0%
0%
0%
67%
ކޮމެންޓް