ކ. މާލެ
|
24 ފެބްރުއަރީ 2018 | ހޮނިހިރު 13:09
ފުލުހުން މެގަ ފޯން ހޯދުމަށް މޫދަށް އެރެނީ
ފުލުހުން މެގަ ފޯން ހޯދުމަށް މޫދަށް އެރެނީ
ޓްވިޓަރ
ރައްޔިތުންގެ ބަދަލު
އެއްވުމުގެ ބައިވެރިން ގެންގުޅުނު މެގަފޯން އަތުލަން ފުލުހުން މަސައްކަތް ކުރުމުން އެރުނީ މޫދަށް!
ދެ އަންހެނަކު ވަނީ މޫދަށް އެރިފައި
ފުލުހުން ވަނީ މެގަފޯން އަތުލާފައި

ގުޅިފައިވާ ޕާޓީތަކުން ހުއްކުރު ދުވަހުގެރޭ މާލޭގައި ބޭއްވި އެއްވުމުގެ ބައިވެރިން ގެންގުޅުނު މެގަފޯން އަތުލަން މަސައްކަތް ކުރުމުން އަންހެނުންތަކެއް މޫދަށް އެރިއްޖެއެވެ.

ހުކުރު ދުވަހުގެރޭ އާޓިފިޝަލް ބީޗު ސަރައްދުގައި އެއްވެތިބި ފަރާތްތަކުން ގެންގުޅުނު މެގަފޯން އަތުލުމަށް ފުލުހުން މަސައްކަތް ކުރިއެވެ. މެގަފޯނު ހޯދުމަށް އަތުލުމަށް މަސައްކަތް ކުރުމުން، މެގަފޯން ގެންގުޅުނު ދެ އަންހެނުން ވަނީ އަރޓީފިޝަލް ބީޗު ސަރަހައްދުގެ މޫދަށް އެރިފައެވެ. ގާތްގަނޑަކަށް ކަކޫތާފެނަށް އެ މީހުން މޫދަށް އެރުނު އިރު ފުލުހުން ވަނީ އެމީހުންގެ ފަހަތުން މޫދަށް އެރި އެ އަންހެން މީހާގެ އަތުގައި އޮތް މެގަފޯން އަތުލާފައެވެ. އެއަށްފަހު ފުލުހުންގެ މީހާ މެގަފޯން މޫދަށް ގަންބާލާ މަންޒަރުވެސް ވީޑިއޯ އިން ފެނިގެންދެއެވެ. އެއަށްފަހު މޫދަށް އެރުނު އަންހެނަކުވަނީ ފުލުހުންގެ މީހާގެ ގަޔަށް ދެއަތުން ފެންޖަހާފައެވެ.

ހުކުރު ދުވަހުގެރޭ އަންހެނުންތަކެއް މޫދަށް އެރުނު އިރު މީގެ ކުރިން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުމުގައި މީހުން ފަހަތަށް ޖައްސަމުންގޮސް، ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންތަކެއް މޫދަށް ބާލާފައެވެ. މީިހަުން ފަހަތަށް ޖައްސަމުންގޮސް ގިނަ އަންހެނުންތަކެއް މޫދަށް ބޭލުމަށްފަހު އެމީހުންނަށް މޫދުން ނޭރޭގޮތަށް ފުލުހުން ވަނީ އެ ސަރަހައްދުގައި ގިނަ އިރުތަކެއްވަންދެން ބަންދުކޮށްގެން ބަލަހައްޓާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް