ކ. މާލެ
|
24 ފެބްރުއަރީ 2018 | ހޮނިހިރު 10:55
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް
މުހައްމަދު ޝަރުހާން
އިދިކޮޅު ހަރަކާތް
މެންބަރު މަހުލޫފްއާއި ބައްދަލުކުރުމަށް އޭނާގެ ވަކީލަށް ފުރުސަތެއް ނުދިން!
މަހުލޫފް ހައްޔަރު ކުރީ ބުރާސްފަތި ދުވަހުގެ ރޭ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ހަރަކާތްތަކުގައި ގިނަ ބަޔަކު ފުލުހުން އަންނަނީ ހައްޔަރު ކުރަމުން
އާދިއްތަ ދުވަހު މަހުލޫފާއި ބައްދަލު ކުރެވޭނެ ކަމަށް ވަކީލަށް ވަނީ އަންގާފައި

މެންބަރު މަހުލޫފްއާއި ބައްދަލުކުރުމަށް އޭނާގެ ވަކީލަށް ހޮނިހިރު ދުވަހު ފުރުސަތު ނުދިން ކަމަށް އޭނާގެ ގާނޫނީ ވަކީލު ނާޒިމް ސައްތާރު ވިދާޅުވެއްޖެ އެވެ.

ނާޒިމް ސައްތާރު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި އެމްޑީޕީ ކަނޑިތީމް ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް ފުލުހުން ހައްޔަރުކޮށްފައިވާ އިރު އެދެފަރާތާއި ބައްދަލު ކުރުމަށް އަތޮޅުވެއްސަށް ދިއުމުން ފުލުހުން އެ ފުރުސަތުދީފައިނުވާ ކަމަށެވެ.

އެހެން ނަމަވެސް އާދިއްތަ ދުވަހު ހެނދުނު 11:00 ގައި ބައްދަލުކުރެވޭނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހުލޫފް ހައްޔަރުކޮށްފައިވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ބޭއްވި މުޒާހަރާގެ ތެރެއިންނެވެ.

ޝަހީމް ހައްޔަރުކޮށްފައިވަނީ މިދިޔަ ހަފްތާގެ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ވޯމްއަޕް މުޒާހަރާގަ އެވެ.

ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރާއި ގުޅިގެން އެ އަމުރު ތަންފީޒު ކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް