ކ. މާލެ
|
24 ފެބްރުއަރީ 2018 | ހޮނިހިރު 08:55
ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ތަޒްމީލް-
ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ތަޒްމީލް-
ރާއްޖެ އެމްވީ
ކުއްލި ނުރައްކަލުގެ ހާލަތު
ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ތަޒްމީލް ހައްޔަރުކޮށްފި
ތަޒްމީލަކީ ސައިފާއި އުމަރާ ގުޅުން އޮންނަ މީހެއް
ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި
އޭނާ ހައްޔަރު ކުރި މައްސަލާގައި ފުލުހުން އެއްޗެއް ނުބުނޭ

ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ތަޒްމީލް އަބްދުއްސަމަދު ހައްޔަރުކޮށްފި އެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. ތަޒްމީލަކީ ފުލުހުން ހައްޔަރު ކުރި ތިން ފުލުހުންގެ ތެރެއިން އިސް ފުލުހަކާ ގާތް ގުޅުމެއް އޮންނަ މީހެއްކަން ވެސް އެނގިފައިވެއެވެ.

ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރެއްވި ސިޔާސީ މަގާމެއް ފުރުއްވަމުން ގެންދަވާ ތަޒްމީލަކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާ ވެސް ގާތް ގުޅުމެއް އޮންނަ މީހެކެވެ. ތަޒްމީލް ސިޔާސީ ދާއިރާއަށް ނެރުއްވީ އުމަރު ނަސީރެވެ.

ތަޒްމީލް ހައްޔަރު ކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ނުބުންޏެވެ.

ގާނޫނާ ހިލާފަށް ވެރިކަން ބަދަލު ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާއި މަޖިލީހުގެ ބައެއް މެމްބަރުންނާއި ސިފައިންނާއި ފުލުހުންގެ އިސް އޮފިސަރުންގެ އިތުރުން ބިދޭސީއަކު ވެސް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް