ކ. މާލެ
|
24 ފެބްރުއަރީ 2018 | ހޮނިހިރު 01:14
ކުއްލި ނުރައްކާ އިއުލާން ކުރުމަށްފަހު ފުލުހުންނާއި ސިފައިން މަގުތަކަށް ނެރެފައި
ކުއްލި ނުރައްކާ އިއުލާން ކުރުމަށްފަހު ފުލުހުންނާއި ސިފައިން މަގުތަކަށް ނެރެފައި
މުހައްމަދު ޝަރުހާން
ކުރީގެ ރައީސް މައުމޫން
ވާހަކަތަކަށް މައުމޫންގެ ޝަރުތެއް: ލީޑަރުން މިނިވަންކޮށް، ގާނޫނުގެ ހިމާޔަތް ދެއްވާ!
"ރަހީނު" ކުރި މީހުން ދޫކޮށްލަން އެދުނު
ޝަރުތު އާންމު ކުރެއްވީ މައުމޫން ހަމީދު
މައުމޫން ހައްޔަރުގައި ހުންނަތާ 18 ދުވަސް

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު، ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސަރުކާރާ ވާހަކަ ދެއްކުމަށް ހާއްސަ ޝަރުތެއް ހުށަހަޅުއްވައިފިއެވެ.

ރައީސް މައުމޫން ސަރުކާރަށް ހުށަހެޅުއްވި ޝަރުތު އާންމު ކުރެއްވީ އެމަނިކުފާނުގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައެވެ.

މައުމޫން ހަމީދު ވިދާޅުވެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި އެހެން ބޭފުޅުން މިނިވަން ކުރުމަށް މައުމޫން ޝަރުތުކުރައްވާފައިވާ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ އިއުލާން ކުރުމަށްފަހު، ރަހީނުކޮށްފައިވާ އެ ފަރާތްތައް މިނިވަން ކުރުމަށްފަހު، ގާނޫނީ ރައްކާތެރިކަން އެބޭފުޅުންނަށް ދިނުމަށް ވެސް މައުމޫން ވަނީ ޝަރުތުކުރައްވާފައެވެ.

ރައީސް މައުމޫން ހައްޔަރުކޮށްފައި ހުންނަތާ 18 ދުވަސްވެފައިވާއިރު، އެމަނިކުފާނު ހައްޔަރުކޮށްފައި ވަނީ ތިން ތުހުމަތެއް ކުރެއްވުމަށްފަހުއެވެ. 

މައުމޫންގެ މައްޗަށް ތުހުމަތު ކުރަނީ ކުރަނީ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނުކުތުމަށް ހިތްވަރު ދީ އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމަތެވެ.

އެ ތުހުމަތުތަކަށް މައުމޫން ދެކޮޅު ހައްދަވާފައިވާއިރު، ތަހުގީގަށް އެއްބާރުލުން ނުދިން ކަމުގެ ތުހުމަތު އެމަނިކުފާނުގެ މައްޗަށް ފުލުހުން ދަނީ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް