ކ. މާލެ
|
24 ފެބްރުއަރީ 2018 | ހޮނިހިރު 01:15
ޕީޕީއެމް މެމްބަރުންތައް
ޕީޕީއެމް މެމްބަރުންތައް
ރާއްޖެއެމްވީ
ޤާނޫނީ ވެރިކަން ވައްޓާލުން
ޤާނޫނީ ވެރިކަން ވައްޓާލުމަށް ކުރި މަސައްކަތުގެ މައުލޫމާތު މެލޭޝިއާ އިން ހޯދާމުންދާ ކަމަށް ޕީޕީއެމް އިން ބުނެފި
ރާއްޖޭގެ ޤާނޫނީ ވެރިކަން ވައްޓާލުމަށް ބަޔަކު ކުރި މަސައްކަތުގެ ބައެއް ކަންކަން މެލޭޝިއާގައިވެސް ކުރިއަށް ގެންގޮސްފައިވޭ

ޤާނޫނީ ވެރިކަން ވައްޓާލުމަށް ކުރި މަސައްކަތުގެ މައުލޫމާތު މެލޭޝިއާ އިން ހޯދާމުންދާ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް އިން ބުނެފިއެވެ.

ޕީޕީއެމް އިން ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެލޭޝިޔާގައި ހުންނަ ދިވެހި ސަފީރު މުހައްމަދު ފަހްމީ ހަސަނާ ހަވާލާދީ ޕީޕީއެމްގެ ތަރުޖަމާނު އަލީ އާރިފް ވިދާޅުވީ ރާއްޖޭގެ ޤާނޫނީ ވެރިކަން ވައްޓާލުމަށް ބަޔަކު ކުރި މަސައްކަތުގެ ބައެއް ކަންކަން މެލޭޝިއާގައިވެސް ކުރިއަށް ގެންގޮސްފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި  ދިވެހި ދައުލަތުގެ ފަރާތުން އެކަމާގުޅޭ މައުލޫމާތު ހޯދުމަށް މެލޭޝިއާ ސަރުކާރުގައި އެދިފައި ވާކަމަށާއި އެކަމާއި ގުޅިގެން އެއްކުރަންޖެހޭ މައުލޫމާތު އެއްކުރުމަށްފަހު ވީ އެންމެ އަވަހަކަށް ދިވެހި ސަރުކާރާ ހިއްސާ ކުރާނެކަމަށް މެލޭޝިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވާ ކަމަށް ސަފީރާ ހަވާލާދީ އަލީ އާރިފް ވިދާޅުވިއެވެ.

ޕީޕީއެމް އިން ސަފީރު ފަހްމީއާ ހަވާލާދީ މިހެން ވިދާޅުވެފައިވީ ނަމަވެސް މޯލްޑިވްސް ޕޮލިސް ސާރވިސް އިން މިފަދަ ތަހުޤީޤެއް ކުރިއަށްގެންދާ ކަމުގެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

ދިވެހިރާއްޖެއަށް މެލޭޝިއާ ރައްޔިތުން ދަތުރުކުރުމާގުޅޭ ޓްރެވަލް އެޑްވައިޒަރީއެއް ނުނެރުމަށް ނިންމާފައިވާކަން އާރިފް ފާހަގަކުރެއްވިއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް