ކ. މާލެ
|
23 ފެބްރުއަރީ 2018 | ހުކުރު 17:18
އަހުމަދު ޝާނީޒް
އަހުމަދު ޝާނީޒް
ފޭސްބުކް
އެމްއެންޑީއެފް
އެސްޕީޖީ ދެ އޮފިސަރަކު ހައްޔަރުކޮށްފި
ދެމީހުން ހައްޔަރުކުރި ސީދާ ސަބަބު އަދި ސާފެއްނުވޭ
އެސްޕީޖީ ނުވަތަ ސްޕެޝަލްް ޕްރޮޓެކްޝަން ގުރޫޕަކީ، ސިފައިންގެ ތެރޭގައި އޮންނަ ބޮޑީގާޑް ޔުނިޓް
ދެ ފުލުހަކުވެސް ވަނީ ހައްޔަރުކޮށްފަ

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ދެ އޮފިސަރަކު ހައްޔަރުކޮށްފައިވާކަން ރާއްޖެއެމްވީއަށް ވަރަށް އިތުބާރު ހުރި ގޮތަކަށް އެނގިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރެއެވެ.

އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އެސްޕީޖީ އޮފިސަރު އަހުމަދު ޝާނީޒް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތްކުރި ސިމާދު އަހުމަދެވެ.

އެ ދެމީހުން ހައްޔަރުކުރި ސީދާ ސަބަބު އަދި ވަނީ ސާފުވާގޮތް ނުވެފައެެވެ. އެސްޕީޖީ އަކީ، ސިފައިންގެ ތެރޭގައި އޮންނަ ހަށިފާރަވެރިންގެ ޔުނިޓެވެ. ހައްޔަރުކުރިކަމަށް މައުލޫމާތު ލިބިފައިވާ އެސްޕީޖީގެ ދެ އޮފިސަރުންނާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް އާއި ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެމްއެންޑީއެފްގެ ކޮމެންޓެއް އަދި ނުލިބެއެވެ. 

ސްޕެޝަލްް ޕްރޮޓެކްޝަން ގުރޫޕްގެ ދެ އޮފިސަރަކު ހައްޔަރުކޮށްފައިވާއިރު، ފުލުހުން ބަލަމުންދާ މައްސަލައެއްގައި އިސް ދެ ފުލުހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު ރޭ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެ ދެ ފުލުހުން ހައްޔަރު ކުރީ ކީއްވެކަމެއް ފުލުހުން ވެސް ވިދާޅެއް ނުވެއެވެ.

ރޭ ހައްޔަރުކުރީ ފުލުހުންގެ ސްވޮޓް ޓީމުގެ ކުރީގެ ކޮމާންޑަރ ސައިފް ޙުސައިންއެވެ. ސައިފްގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީވެސް ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސްގައި ކުރިން މަސައްކަތްކުރި ފުލުހެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް