ކ. މާލެ
|
23 ފެބްރުއަރީ 2018 | ހުކުރު 13:58
ރައީސް ޔާމީނަށް ކެމްޕޭންކުރަން މިއަދު އައްޑޫ ސިޓީއަށް ފުރި ޓީމް
ރައީސް ޔާމީނަށް ކެމްޕޭންކުރަން މިއަދު އައްޑޫ ސިޓީއަށް ފުރި ޓީމް
ޓްވިޓަރ
އައްޑޫ ސިޓީ
މިއަދު ބާއްވާ ރެލީއަކަށް ރައީސް ޔާމީންގެ ފެކްޝަން އައްޑޫއަށް
މުއައްސަސާތަކުގައި މަސައްކަތްކުރާ 200 އަށްވުރެ ގިނަ މުއައްޒަފުން މިހާރު ވަނީ އައްޑޫއަށް ގޮސްފައި
ރައީސް ޔާމީން ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން އިއުލާންކުރައްވާފައި

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ރައީސް އަބްދުﷲާ ޔާމީނަށް އައްޑޫ އިން ތާއީދު ހޯދުމަށް ބާއްވާ ރެލީގައި ބައިވެރިވެ ވަޑައިގަތުމަށް އަނބިކަނބަލުން ފާތިމަތު އިބްރާހިމާއި ޕީޕީއެމްގެ އިސް ބައެއް މެންބަރުން އައްޑޫސިޓީއަށް ފުރާވަޑައިގެންފިއެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ފްލައިޓްގައި އިންނަވައި ފޮޓޯއާ އެކު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހިތަދޫގައި ބާއްވާ ޚާއްސަ ރެލީއަށް ފާތިމަތު އިބްރާހިމްއާއި ރައީސް ޔާމީންގެ ކެމްޕެއިން ޓީމް އައްޑޫސިޓީއަށް ދަތުރުކުރައްވަނީ ކަމަށެވެ. އެފޮޓޯގައި ފާތިމަތު އިބްރާހިމާއި ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ވެސް ތިއްބެވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރެލީގައި ބައިވެރިވުމަށް ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ 200 އަށް ވުރެ ގިނަ މުއައްޒަފުންނާއި ޕީޕީއެމްގެ މެމްބަރުން ބުރާސްފަތި ދުވަހު ވަނީ އައްޑޫއަށް ގޮސްފައެވެ.

ޕީޕީއެމް ރައީސް ޔާމީން ފެކްޝަނަށް ނިސްބަތްވާ ފަރާތްތަކުން ހަރަކާތްތައް ބޭއްވުމުގެ ފުރުސަތު ދޭއިރު ގުޅިފައިވާ ޕާޓީތަކުން ބާއްވާ ސުލްހަވެރި ހަރަކާތްތަކަށް ފުލުހުން ފުރުސަތެއް ނުދެއެވެ. 

ޕީޕީއެމުން މިއަދު ރެލީއެއް ބާއްވާ އިރު ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލައި ގުޅިފައިވާ ޕާޓީތަކުން ވެސް އައްޑޫގައި މިއަދު ފޯރިގަދަ ހަރަކާތްތަކެއް ބާއްވާނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް