ކ. މާލެ
|
23 ފެބްރުއަރީ 2018 | ހުކުރު 13:10
ދުންޔާ އާއި އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން
ދުންޔާ އާއި އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން
ޓްވިޓަރ
ދުންޔާ މައުމޫން
ބައްޕާފުޅަކީ ގައުމު ބިނާކުރުމަށް 30 އަހަރު ހޭދަކުރެއްވި ބޭފުޅެއް، މިހާރުން މިހާރަށް ދޫކޮށްލާ: ދުންޔާ
ދުންޔާ ހުންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައި
ރައީސް މައުމޫން ހައްޔަރު ކުރުމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތައް ދުންޔާއަށް ވަނީ އަމާޒު ވެފައި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ގައުމު ބިނާކުރުމަށް 30 އަހަރު ހޭދަކުރެއްވި ބޭފުޅެއް ކަމަށާއި މިހާރުން މިހާރަށް އެމަނިކުފާނު ދޫކޮށްލުމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ގޮވާލައްވައިފިއެވެ.

ދުންޔާ އޭނާގެ ބައްޕާފުޅާ އެކު ކުރިން ނަންގަވާފައިވާ ފޮޓޯއެއް އެޓޭޗްކުރައްވައި ކުރެއްވި ޓްވީޓުގައި ވިދާޅުވީ ބައްޕާފުޅާ އެކު އަލުން ހިނގާލަން ދެވޭނެ ދުވަހަކަށް އިންތިޒާރު ކުރައްވާ ކަމަށެވެ.

 

އެއްބަފާ ކޮއްކޯފުޅުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ބުނެ ފުލުހުން ވަނީ ރައީސް މައުމޫން ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައެވެ. ރައީސް މައުމޫން ހައްޔަރު ކޮށްފައިވާއިރު އެމަނިކުފާނާއެކު އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އާއި ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާއި ރައީސް މައުމޫނާ ގުޅުން ހުރި ބައެއް އެހެން ފަރާތްތައް ވަނީ ހައްޔަރު ކޮށްފައެވެ.

ރައީސް މައުމޫން ހައްޔަރު ކުރުމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތައް ދުންޔާއަށް ވަނީ އަމާޒު ވެފައެވެ. އެކަމާ ގުޅިގެން ދުންޔާ ވަނީ ބައްޕާފުޅު މިނިވަން ކުރުމަށް ގޮވާލައްވާފައެވެ. އަދި ބައްޕާފުޅާ މެދު ކަންތައްތައްވަމުންދާ ގޮތާ މެދު ހިތާމަކުރައްވާކަން ހާމަކުރައްވައިފައި ވެއެވެ. ދުންޔާ ވަނީ ރައީސް މައުމޫން ހައްޔަރުކޮށްފައިވާ މައްސަލައާ ގުޅޭ ކަންބޮޑުވުންތައް ވަނީ އެޗްއާރްސީއެމްއަށް ހުށަހަޅުއްވާފައެވެ. އޭގެ އިތުރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އދ. ގެ މަންދޫބާ ވެސް އެ ކަންބޮޑުވުންތައް ވަނީ ހިއްސާކުރައްވާފައެވެ.

ދުންޔާ ވަނީ ރައީސް މައުމޫން މިނިވަންކޮށް އެ މަނިކުފާނު ގެއަށް ބަދަލުކުރުމަށް ވެސް ސަރުކާރަށް ގޮވާލައްވާފައެވެ. ރައީސް މައުމޫނު ހައްޔަރުކޮށްފައިވީ ނަމަވެސް ސަރުކާރުގައި ދުންޔާ ހުންނެވީތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެނގިފައިވާ ގޮތުގައި ދުންޔާ މިހާރު އޮފީހަކަށް ނުނިކުންނަވައެވެ. އަދި މަގާމުން އިސްތިއުފާ ދިނުން އެއީ އެންމެ ރަނގަޅު ގޮތްތޯ އާއި އެކަން ކުރަންޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް