ކ. މާލެ
|
23 ފެބްރުއަރީ 2018 | ހުކުރު 01:18
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަލީ ވަހީދު
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަލީ ވަހީދު
ޓްވިޓަރ
އަލީ ވަހީދު
ގައުމަށް މިވަނީ ހާއިނުންތަކެއް ވެރިވެފައި: އަލީ ވަހީދު
ފުލުހުން ރައްޔިރުންނާއި ގާނޫނު އަސާސީ ހިމާޔަތްކުރާނެ
އިދިކޮޅު ހުރިހާ ލީޑަރުން ތިބީ ވަރަށް ސާބިތުކަމާ އެކު

ގައުމަށް މިވަނީ ހާއިނުންތަކެއް ވެރިވެފައިވާ ކަމަށާއި ފުލުހުންނާއި ސިފައިންނާ ހަވާލުކޮށްފައި ވަނީ ހަމައެކަނި ބޭރުން އަންނަ ބަޔަކާ ހަނގުރާމަ ކުރުމަށް ނޫން ކަަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ، ހާއިނުންނާ ދެކޮޅަށް މަސައްކަތް ކުރުން ވެސް އެއީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ. އަދި ފުލުހުން ރައްޔިރުންނާއި ގާނޫނު އަސާސީ ހިމާޔަތްކުރާނެ ކަމަށާއި އިދިކޮޅު އެއްވެސް ފަރާތަކުން ގައުމުގައި ހަމަނުޖެހުމަށް ފުރުސަތު ނުދޭނެ ކަމަށެވެ.

ދިވެހި ރާއްޖޭގައި މިގައުމު ބޭރު ބައެއްގެ އިސްތިއުމާރީއަކަށް ފުރުސަތު ނުދޭނެ ކަމަށާއި އިދިކޮޅު ހުރިހާ ލީޑަރުން ތިބީ ވަރަށް ސާބިތުކަމާ އެކު ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ ހަމަ ކޮންމެ ވަގުތަކު ވެސް ވެރިކަން ބަދަލުވެގެންދާ މަންޒަރު ފެނިގެން ގޮސްފާނެ. ދެގަޑިން ދެގަޑިން ސަރުކާރުން ޕްރެސް ކޮންފްރެންސް ބާއްވަން ފެށީމައި އެނގޭ އެއީ ހަމަޖެހިފައި ތިބޭ ބައެއް ކަން. ނުސިހޭ ކަމުގައިވާނަމަ ކީއްކުރަން ބާއްވާ ޕްރެސް ކޮންފަރެންސްއެއްތޯ." އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ، އިިދިކޮޅު ލީޑަރޝިޕް އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި ޕާޓީތަކުގެ އަމިއްލަ ގޮތްތަކާ އެކު ވެސް މަސައްކަތް ކުރުމަށް ހުރިހާ ޕާޓީތަކުން ގުޅިގެން ތައްޔާރަށް އޮތް ކަމަށެވެ.

ޕާޓީތަކުން މަސައްކަތް ކުރަނީ އަނިޔާވެރިކަމުން ސަލާމަތް ވުމަށް ކަމަށާއި އެކަމަށް އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް