ކ. މާލެ
|
22 ފެބްރުއަރީ 2018 | ބުރާސްފަތި 16:16
މުސްލިމުން ބޭނުން ކުރުން މަނާ ދެ ޕްރޮޑަކްޓް
މުސްލިމުން ބޭނުން ކުރުން މަނާ ދެ ޕްރޮޑަކްޓް
ރާއްޖެއެމްވީ
މަނާ ޕްރޮޑަކްޓް
މުސްލިމުން ބޭނުންކުރުން މަނާ ޕްރޮޑަކްޓްތައް ފިހާރަ އިން ނަގައިފި ކަމަށް ކަސްޓަމްސް އިން ބުނެފި
މި ފުޅީގެ މަތީގައި "ނޮޓް ފޯ މުސްލިމްސް" ޖަހާފައިވޭ

މުސްލިމުން ބޭނުންކުރުން މަނާ ޕްރޮޑަކްޓްތައް ފިހާރަ އިން ނަގާފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ބުނެފިއެވެ.

އެ މުއައްސަސާގެ ރަސްމީ ޓްވިޓަރ އެކައުންޓުން ބުރާސްފަތި ދުވަހު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މުސްލިމުން ބޭނުންކުރުން މަނާ ޕްރޮޑަކްޓްތައް ފިހާރަ އިން ނަގާފައިވާ ކަމަށާއި އެ ޕްރޮޑަކްޓްތަކުގައި ބަނގުގެ ބާވަތެއް ހިމެނޭ ކަމަށެވެ.

މި ޓްވީޓްގައި ކަސްޓަމްސް އިން ޝެއަރ ކޮށްފައިވާ ދެ ޕްރޮޑަކްޓްގެ ފޮޓޯއަކީ ލޭޑީސް ޗޮއިސް ބްރޭންޑްގެ "ޗިކަން ސްޕްރެޑް" ފުޅިތަކަކާއި މާސްޓަރ ފުޑްސް ބްރޭންޑްގެ "ކަންޓްރީ ބީފް ކެސަރޯލް" އެވެ.

މި ޕްރޮޑަކްޓްތައް ނަގާފައިވަނީ ކޮން ފިހާރައަކުން ކަމެއް ކަސްޓަމްސް އިން ހާމައެއް ނުކުރެއެވެ.

ޗިކަން ސްޕްރެޑް ފުޅީގެ މަތީގައި "ނޮޓް ފޯ މުސްލިމް" ވެސް ވަނީ ޖަހާފައެވެ. އަދި ޗިކެން ސްޕްރެޑަކީ ޕާނާ އެކު ގިނަ ބަޔަކު ކާން ބޭނުންކުރާ ބާވަތެކެވެ.

 ސުޕަމާޓްތަކާއި ފިހާރަތަކުން މި ޕްރޮޑަކްޓްތައް ލިބެން ހުރެއެވެ.  

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް