ކ. މާލެ
|
22 ފެބްރުއަރީ 2018 | ބުރާސްފަތި 14:19
ފިޝަރީޒް މިނިސްޓަރު ޑރ.މުހައްމަދު ޝައިނީ
ފިޝަރީޒް މިނިސްޓަރު ޑރ.މުހައްމަދު ޝައިނީ
އަޒުމޫން އަހުމަދު
ސިޔާސީ ޕާޓީތަކުގެ މަޝްވަރާ
އދ. އިން ބުނި ވާހަކަ މިނިސްޓަރު ޝައިނީ ދޮގުކުރައްވައިފި!
އދ. މެދުވެރި ވުމަށް އެދުނީ ވެސް ރައީސް ޔާމީން: ޝައިނީ
އދ. އަބަދުވެސް މަޝްވަރާތަކުގައި މާނަވީ ގޮތެއްގައި ބައިވެރިވުމަށް ދަނީ ހުށަހަޅުއްވަމުން
އދ އިން ބުނަނީ މަޝްވަރާތަކުގެ މެދުވެރިއަކަށް އދ ހެދުމަށް ސަރުކާރުން ދެކޮޅުހަދާފައިވާ ކަމަށް

ރާއްޖޭގެ ސިޔާސީ މަސްރަހު ފިނިކުރުމަށް، ޕާޓީތަކުގެ މަޝްވަރާތަކުގައި މެދުވެރިއެެއްގެ ރޯލު އަދާކުރުމަށް ހުށައެޅުމުން އެ ހުށަހެޅުން ރައީސް ޔާމީން ބޮލާލައި ޖެހިކަމަށް އދ. އިން ބުނި ބުނުން ފިޝަރީޒް މިނިސްޓަރު ޑރ.މުހައްމަދު ޝައިނީ ދޮގުކުރައްވައިފިއެވެ.

ޝައިނީ ބުރާސްފަތި ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ޕާޓީތަކުގެ މަޝްވަރާތަކުގައި އދ. އިން މެދުވެރިއެއްގެ ރޯލު އަދާކުރުމަށް އެދުނު އެދުން ރައީސް ޔާމީން ބޮލާލައި ޖަހާފައި ނުވާކަމަށެވެ. އަދި މަޝްވަރާތަކުގެ މެދުވެރިއަކަށް އދ ވުމަށް އެދުނީވެސް ރައީސް ޔާމީންކަމަށް ޝައިނީ ވިދާޅުވިއެވެ.

އދ. އަބަދުވެސް މަޝްވަރާތަކުގައި މާނަވީ ގޮތެއްގައި ބައިވެރިވުމަށް ދަނީ ހުށަހަޅަމުން ކަމަށާއި އެކަމާއި ދެކޮޅުހަދާ ހުއްޓުވާބަޔަކީ އިދިކޮޅު ފަރާތްތައްކަމަށް ޝައިނީ ވިދާޅުވިއެވެ.

ޝައިނީ މިހެން ވިދާޅުވެފައި ވީނަމަވެސް އދ. ގެ ހުށައެޅުން ރައީސް ޔާމީން ބަލައިނުގެންނެވިކަން ބޭރުގެ މީޑިއާތަކަށް ހާމަކުރެއްވީ ސިދާ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރޭޒްގެ ތަރުޖަމާނުގެ ނައިބު ފަރުހާން ހައްޤެވެ.

"ޔޫއެން ސެކްރެޓަރީ ޖެނެރަލް ހުށައެޅުއްވި ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ މެދުވެރިއެއްގެ ރޯލް އދ. އިން އަދާކުރުމަށް. އެކަމަކު ރައީސް ޔާމީން ވިދާޅުވީ މި ސްޓޭޖްގައި މެދުވެރިއަކު އަދި ބޭނުން ނޫންކަމަށް" ހައްޤު ވިދާޅުވިއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރޭޒްގެ ތަރުޖަމާނުގެ ނައިބު، ފަރުހާނު ހައްޤު އާއި ހަވާލާދީ، ހިންދުސްތާނު ޓައިމްގައި ބުނެފައިވަނީ، އިދިކޮޅު ފަރާތްތަކާއި ސަރުކާރާއި ދެމެދު މަޝްވަރާތައް ބާއްވައި، އެ މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލް އަދާކުރުމަށް އދ. އިން ހުށައެޅުމުން، ރައީސް ޔާމީން އެ ހުށަހެޅުން ބައްލައިވައިނުގެންނެވި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް