ކ. މާލެ
|
22 ފެބްރުއަރީ 2018 | ބުރާސްފަތި 14:21
ރައްޔިތުންގެ މަޖިލިސް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސިފައިން ހުރަސް އަަޅަނީ
ރައްޔިތުންގެ މަޖިލިސް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސިފައިން ހުރަސް އަަޅަނީ
މުހައްމަދު ފަޒީން
ކުއްލި ނުރައްކަލުގެ ހާލަތު
ރައްޔިތުންގެ މަޖިލީހުން އެދުނު ގާނޫނީ ލަފަޔަށް، ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރު!
 
އިސްތިޝާރީ ލަފައެއް ހޯދަން އެދުނީ މަޖިލީހުން އެކަން ފާސްކޮށް ނިންމާފަ
 
މަޖިލީހުން ފާސްކުރީ ގާނޫނުއަސާސީއާ ހިލާފަށް
 
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަކީ ރައްޔިތުން އެމައްޗަށް އަމަލުކުރަން ލާޒިމް އެއްޗެއް

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގައި ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސްކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ، އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާއެއްގައި ހާޒިރުވެތިބޭ ވަގުުތެއްގައި ކަމަށް ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައި ވެއެވެ.

ސުވާލު އުފެދިފައިވާ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވަނީ މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގައި ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއްކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ މަގްސަދަށްޓަކައި ބުނެފައި އެވަނީ ގާނޫނެއް ފާސްކުރުން ކަމަށެވެ. އެ މާއްދާގައި ގަރާރެއް ފާސްކުރުމުގެ ވާހަކައެއް ނެތް ކަމަށް މަސީހު ވިދާޅުވި އެވެ.

ނަމަވެސް މަސީހަށް އެނގިވަޑައިނުގެންނެވި އެއްޗަކީ މަޖިލީހުގެ ގަވާއިދަކީވެސް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ހަދާފައިވާ ގަވައިދެއް ކަމެވެ. ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމުކުރާ އެއްވެސްކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއްނަގާ ޖަލްސާއެއްގައި  ހާޒިރުވެތިބޭ ވަގުތެއްގަ ކަމަށެވެ. ގާނޫނުއަސާސީގައި "މުތުލަގަށް" އެގޮތަށް ބުނެފައިވާއިރު، ބުނެފައިވަނީ މަޖިލީހުން ފާސްކުރާ ގާނޫނުގެ ވާހަކައެއް ނޫނެވެ. "ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމް ކުރާ އެއްވެސްކަމެއް އެއީ ގާނޫނެއް ވިޔަސް ގަރާރެއް ވިޔަސް، އަދި ކޮންމެ އެއްޗެއްވިޔަސް ވެސް ރައްޔިތުން އަމަލު ކުރުން ލާޒިމްކުރާ އެއްވެސްކަމެއް މަޖިލީހުން ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ މެމްބަރުން ހާޒިވެތިބޭ ވަގުތެެއްގަކަން އެނގެ އެވެ. މިއީ ގާނޫނީ ލަފައެއް ހޯދަންޖެހޭ ކަމެއް ނޫނެވެ. އެއީ ޑިކޮމްރަސީގެ ވެސް ހަމަޔާ އުސޫލެވެ. ރައްޔިތުންގެ ފަރާތުން އިންތިހާބު ކޮށްފައިވާ ރައްޔިތުންގެ މަންދޫބުންގެ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ މެމްބަރުން ނުރުހޭކަމެއް ރައްޔިތުންގެ އެމައްޗަށް އަމަލު ކުރަންޖެހޭނެ ކަމަށް ބުއްދިވެސް ގަބޫލެއް ނުކުރާނެ ނޫންތޯ އެވެ.

އަނެއްކާ އެ ވިދާޅުވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަކީ ރައްޔިތުންނާ ވަރަށް ގުޅުން ހުރި، އެމައްޗަށް ރައްޔިތުން އަމަލުކުރަންޖެހޭ، ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތެއް ހިފެހެއްޓުމަށް ދައުލަތުގެ އެއްބާރު ކަމަށްވާ ސަރުކާރުން ނިންމާފައިވާ ނިންމުމެކެވެ.

އެހެންކަމުން މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގައި އެބުނާ ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމްކުރާ ގާނޫނުތައް ފާސްކުރުމަށް ވުރެ ސަރުކާރުން އިއުލާން ކުރާ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތަކާއި ދައުލަތުގެ ތިން ބާރުގެ ތެެރެއިން އަނެއް ދެބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގެ ބާރުތައް ހިމެނޭ މާއްދާތައް ސަސްޕެންޑް ކުރުންފަދަ ކަންކަމަކީ ކުޅޭކުޅޭ ކުޅިވަރެއް ނޫނެވެ. އެހެންކަމުން ދިރިހުރުމުގެ ހައްގާއި، ޒާތީ ދިރިއުޅުމުގެ ހައްގުތައްފަދަ ހައްގުތަކަކީ ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމްނުވެ، ޓެކްސްގެ ގާނޫނުތައް ފަދަ ގާނޫނުތަކަކީ ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމް ކުރުވޭނެ އެއްޗަކަށް ވާނެތޯ އެވެ. ބުއްދީގެ ބޭނުން ހެޔޮގޮތުގައި ކުރާށެވެ. އޭރުން ހެޔޮ ވިސްނިދާނެ އެވެ.

އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދެންވާނީ އެކަމެއް މަޖިލީހުން ނިންމާފައެއް ނޫނެވެ. ނިންމުމުގެ ކުރިން ނެވެ. މަޖިލީހުން ކަމެއް ވަކިގޮތަކަށް ނިންމުމުން އެ ދެން ނިމުނީ އެވެ. ދެން އޮންނާނީ އެކަމާ ގުޅޭގޮތުން ހިތްހަމަ ނުޖެހުމެއް އޮތްނަމަ އެކަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހަޅައިގެން، ސުޕްރީމް ކޯޓުން ގޮތެއް ނިންމުމެވެ.

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރުތަކުގެ މައްސަލާގައި މަޖިލީހުން އަމަލުކުރީ ސީދާ ގާނޫނުއަސާސީއާ ހިލާފަށެވެ. ރައްޔިތުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތެއް އޮތްކަމަކަށް ގަބޫލެއް ނުކުރެ އެވެ. ރާއްޖޭގައި ކުރިން ވެރިކަން ކުރައްވާފައިވާ ކުރީގެ ރައީސުން ވެސް ގަބޫލުފުޅެއް ނުކުރައްވަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސުން ވެސް ގަބޫލުފުޅު ނުކުރައްވަ އެވެ. ރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބުންނާއި ޕްރޮސެކިއުޓަރ ޖެނެރަލުން ވެސް ގަބޫލު ނުކުރައްވާއިރު، ރާއްޖޭގެ މަޝްހޫރު ހުރިހާ ގާނޫނީ ވަކީލުންގެ ވެސް ގަބޫލު ކުރައްވަނީ ކުއްލި ހާލަތުގެ ނުރައްކަލެއް ރާއްޖޭގައި ނެތްކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު ކުރިއަށް ގެންދަން ނިންމި ޖަލްސާއަކީ ގާނޫނުއަސާސީއާ މަޖިލީހުގެ ގަވާއިދާ ހިލާފަށް ބާއްވާ ޖަލްސާއެއް ކަމަށް ވިދާޅުވެ މަޖިލީހުގައި ރައީސަށް ގާނޫނީ ލަފާ ދެއްވާ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ މަޖިލިސް ދޫކުރައްވާ ވަޑައިގެންނެވުމަކީ ވަކިކުޑަ ކަމެއް ތޯއެވެ. ކުއްލި ނުރައްކަލުގެ ހާލަތު އުވިފައިވާ ކަމަށާއި އެހާލަތު މިހާރުނެތް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމު ވިދާޅުވުމަކީ ހަގީގަތުގައިވެސް ކުއްލި ނުރައްކަލުގެ ހާލަތު އުވި ނިމިފައިވާކާން ހާމަވާ ކަމެއް ނޫންތޯއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިސްތިޝާރީ ލަފައެއް ދެއްވުމަށް ސުޕްރީމް ކޯޓުގައި އެދުމުން ރައީސް ޔާމީން ނެރުއްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުންތަކަށް އަމަލު ކުރުމަށް ސުޕްރީމް ކޯޓުން "ވަގުތީ އަމުރެއް " ނެރުމަކީ މިދަނޑިވަޅުގައި ވެދާނެ ކަމެއް ކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރާނެ އެވެ. އެއީ 15 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރިތާ މާގިނައިރުތަކެއް ނުވެ، ސުޕްރީމް ކޯޓުގެ ފުރާޅު މައްޗަށް ސިފައިން އަރާ، ސުޕްރީމް ކޯޓުގެ ދޮރުތައް ހަލާކުކޮށް ސުންނާފަތިކޮށް، އެ ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ދަމާ ކޫއްތާފައި ގެންގޮސް، އަދި ދެންހުރި ފަނޑިޔާރު އަލީ ހަމީދު ގެންގޮސް ހައްޔަރުކުރުމަކީ ހަމަ ހަގީގަތުގައި ވެސް ސުޕްރީމް ކޯޓު ނެތިކޮށްލުމެވެ. ގާނޫނުއަސާސީގައި ބުނަނީ ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއެކު އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މައްޗަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
50%
0%
50%
ކޮމެންޓް