ކ. މާލެ
|
21 ފެބްރުއަރީ 2018 | ބުދަ 13:19
ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން
ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން
ޓްވިޓަރ
ދުންޔާ ޓުވީޓް
ބައްޕާފުޅު މައުމޫނާއި ޖަލުގައި ތިބި އެހެން ހައްޔަރީންނާ ބެހޭ ގޮތުން ހުރި ކަންބޮޑުވުންތައް ދުންޔާ އދ. އާ ހިއްސާކުރައްވައިފި
ބައްޕާފުޅު މައުމޫން އަބްދުލް ގައްޔޫމާއި ޖަލުގައި ތިއްބެވި އެހެން ބޭފުޅުންނާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވި

ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖަލުގައި މިވަގުތު ހައްޔަރުކޮށްފައި ތިއްބެވި އެހެން ބޭފުޅުންނާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް އދ. އާ ހިއްސާ ކުރައްވާފައިވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި މިހާރު ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.

އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރ ޝޮކޯ ނޮޑައާ ބައްދަލުކުރެއްވުމަށް ފަހު ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ދުންޔާ ވިދާޅުވީ ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތައް ހައްލުކުރުމުގައި އދ. ގެ އެހީތެރިކަން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. 

މި ބައްދަލުވުމުގައި ދުންޔާ ވަނީ ރާއްޖޭގެ ތަރައްގީއަށް އދ. އިން ދޭ އެހީތެރިކަމާއި ބަހައްޓާ ގާތްކަމަށް ޝުކުރު އަދާކުރައްވާފައެވެ.

 

 

ދުންޔާ ވަނީ ރައީސް މައުމޫން މިނިވަންކޮށް އެ މަނިކުފާނު ގެއަށް ބަދަލުކުރުމަށް ވެސް ސަރުކާރަށް ގޮވާލައްވާފައެވެ. ރައީސް މައުމޫނު ހައްޔަރުކޮށްފައިވީ ނަމަވެސް ސަރުކާރުގައި ދުންޔާ ހުންނެވީތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް