ކ. މާލެ
|
20 ފެބްރުއަރީ 2018 | އަންގާރަ 22:51
ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް، ރައްޔިތުންގެ މަޖިލީހުގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ
ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް، ރައްޔިތުންގެ މަޖިލީހުގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ
މުހައްމަދު ޝަރުހާން
ކުއްލި ނުރައްކަލުގެ ހާލަތު
އަސާސީ ޙައްޤުތައް އިތުރަށް ހިފެހެއްޓުން ކުށްވެރިކުރަން: ޓްރާންސްޕޭރެންސީ މޯލްޑިވްސް
 
މަޖިލިސް ހިނގަން ވަނީ ހުރިހާ ރައްޔިތުން ތަމްޞީލު ކުރެވޭ އުސޫލަކުން
 
ޤާނޫނު އަސާސީގެ ބާރު ވަނީ ކަނޑުވާލާފައި

ކުއްލި ނުރައްކަލުގެ ހާލަތުގެ ނިވަލުގައި، ރައްޔިތުންގެ އަސާސީ ޙައްޤުތައް އިތުރަށް ހިފެހެއްޓުން ކުށްވެރިކުރާކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

އެ ޖަމުޢިއްޔާއިން އަންގާރަދުވަހުގެރޭ ކޮށްފައިވާ ޓްވީޓްތަކެއްގައި ބުނެފައިވަނީ ޤާނޫނުއަސާސީގެ ބާރު ކެނޑޭގޮތަށް ހުއްޓުމެއްނެތި ކުރަމުންގެންދާ ކަންކަމާއި، ރައްޔިތުންނަށް ލިބިފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން، ޤައިރު ޤާނޫނީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ނިވަލުގައި އިތުރަށް ހިފަހައްޓާ ހިފެހެއްޓުން ކުށްވެރި ކުރާ ކަމަށެވެ.

މީގެ އިތުރުން އެ ޖަމުޢިއްޔާއިން ވަނީ، ރައްޔިތުންގެ މަޖިލިސް ހިނގަން ވަނީ ހުރިހާ ރައްޔިތުން ތަމްޞީލު ކުރެވޭ އުސޫލަކުން ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިހެން ބުނެފައިވާއިރު، ޤާނޫނީ ގޮތުން ސުވާލު އުފެދޭ ޖަލްސާއެއްގައި، ޤާނޫނީ ގޮތުން ސުވާލު އުފެދޭ އަދަދަކަށް މެންބަރުން ތިއްބަވައިގެން، ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ފާސްކޮށްފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމާއި ގުޅިގެން ސަރުކާރުން އަދިވެސް ރައްޔިތުންގެ އަސާސީ ގިނަ ޙައްޤުތަކެއް ހިފަހައްޓާފައިވާއިރު، ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ގިނަ އަދަދެއްގެ ފަރާތްތަކުން ދަނީ މިހާރު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތެއް ނެތްކަމަށާއި، އެ ހާލަތު އިޢުލާނުކުރި ޤަރާރު ބާތިލް ވެފައިވާ ކަމަށް ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
50%
0%
50%
0%
0%
ކޮމެންޓް