ކ. މާލެ
|
20 ފެބްރުއަރީ 2018 | އަންގާރަ 19:31
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން
ގޫގުލް
ރައްޔިތުންގެ މަޖިލިސް
ކުއްލި ނުރައްކަލުގެ ހާލަތާ މެދު ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ފާސްކޮށްފި
 
ގަރާރު ފާސްކުރީ 38 މެމްބަރުން ވޯޓް ދެއްވައިގެން
 
ގަރާރަށް ވޯޓަށް އެހީ ޖަލްސާއެއްގެ ކޯރަމް އަދަދު ކަމަށް ބަލައިގެން
 
ކުއްލި ނުރައްކަލުގެ ހަލަތަކީ ރައްޔިތުން އެއަށް އަމަލުކުރަންޖެހޭ އެއްޗެއް ނޫން

ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައިވާ 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތާ މެދު ގޮތެއް ނިންމުމާ ކުއްލި ނުރައްކަލުގެ ހާލަތަށް 30 ދުވަސް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ ގާނޫނީ އަދަދާ މެދު ބައެއް މެމްބަރުން ސުވާލު އުފައްދާފައިވާތީ ކަމަށް ބުނެ، މި މައްސަލައަށް ސުޕްރީމް ކޯޓުގެ އިސްތިޝާރީ (ގާނޫނީ) ލަފަޔަކަށް އެދުމަށް މަޖިލީހުން ނިންމައިފިއެވެ.

ސުވާލު އުފެދިފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ބުނެފައިވާ ގޮތުން ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހާންވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއްނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައި ބުނެފައިވީ ނަމަވެސް ރައީސް ޔާމީން މަޖިލީހަށް ހުށަހަޅުއްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަކީ ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމް އެއްޗެއް ނޫން ކަމަށެވެ.

އެހެންްކަމުން މިޖަލްސާ ބާއްވަނީ ގާނޫނުއަސާސީ 86 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އެ މައްދާގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދަކީ މަޖިލީހުގެ މެމްބަރުންގެ 25 ޕަސެންޓް ކަމަށެވެ. އެއީ 22 މެމްބަރުންނެވެ.

ސުޕްރީމް ކޯޓަށް އިސްތިޝާރީ ލާފަޔަކަށް އެދުމަށް އިސްލާހު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފެވެ. އަލީ އާރިފްގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲއެވެ.

އެ ހުށަހެޅުއްވުމަށް ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 38 މެމްބަރުންގެ އިއްތިފާގުން ވަނީ ފާސް ކޮށްފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
33%
67%
0%
ކޮމެންޓް