ކ. މާލެ
|
20 ފެބްރުއަރީ 2018 | އަންގާރަ 17:47
ރައީސް ނަޝީދު: ޤައުމު އިސްލާހް ކުރަން ޖެހޭ ކަމަށް ދަނީ ވިދާޅުވަމުން
ރައީސް ނަޝީދު: ޤައުމު އިސްލާހް ކުރަން ޖެހޭ ކަމަށް ދަނީ ވިދާޅުވަމުން
ގޫގުލް
ރައީސް ނަޝިދު
ދޮންބަންޑާރަ އިން ރާއްޖެ ސަލާމަތްކުރިގޮތް ހަނދާނަށް ގެންނަން ޖެހޭ:ރައީސް ނަޝީދު
 
ދޮންބަންޑާރައިންނަކީ މަލަބާރީންގެ އަޅުވެތިކަމުން ރާއްޖެ މިނިވަން ކުރެއްވި ބޭފުޅާ
 
ހުރަވީ ދުވަހުގެ ތަހުނިޔާ ވަނީ ވިދާޅުވެފައި

މިއަދަކީ ދޮންބަންޑާރައިން ރާއްޖެ ސަލާމަތް ކުރެއްވިގޮތް ހަނދާނަށް ގެންނަން ޖެހޭ ދުވަހެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ހުރަވީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ހުރަވީ ދުވަހުގެ ތަހުނިޔާ ދަންނަނަވާ ކަމަށެވެ. އަދި މިއަދަކީ ދޮންބަންޑާރައިން ރާއްޖެ ސަލާމަތްކޮށްދެއްވި ހިކުމަތްތެރި ގޮތް ހަނދާނަށް ގެނެސް ފިލާވަޅު ހޯދަން ޖެހޭ ދުވަހެއް ކަމަށާއި އަޅުގަނޑުމެންގެ ރާއްޖެ ގެއްލުނަ ދީގެން ނުވާނެ ކަމަށެވެ.

 

 

ހުރަވީ ދުވަސް ނިސްބަތްވެގެން ވަނީ އައްސުލްތާން ޣާޒީ ހަސަން އިއްޒުއްދީނުލް ހުރަވީއަށެވެ. މި ދުވަސް ފާހަގަ ކުރުމުގެ މަޤުސަދަކީ އެބަތަލު ގެނެސްދެއްވި މިނިވަންކަމާއި ގައުމިއްޔަތު ދެމެހެއްޓުމުގެ ބާރާއި ޖޯޝް ދިވެހިންގެ ހިތްތަކުގައި ދިރުވައި ދެމެހެއްޓުމެވެ. ހަސަން މަނިކުފާނަކީ މާލެ އަތޮޅު ހުރާ އަލްވަޒީރު ހުސެން ދަހަރާ ތަކުރުފާނުންގެ އަލްވަޒީރު މުހައްމަދު ފާމުލަދޭރި މަނިކުފާނުންގެ ދޮން ހަސަންމަނިކުފާނު ނުވަތަ މުލީގޭ ދޮން ހަސަންމަނިކުފާނެވެ. މައިފުށުން ގުޅެނީ ހުރާ ދޮންމަރުދުރުގެ ފަނޑިއަތް ތަކުރުފާނާއެވެ. ހަސަން މަނިކުފާނު ނުވަތަ ދޮންބަނޑާރައިންގެ އަނބި ކަނބަލުންނަކީ ފެންފުށީ ކަކާ އަޅި ތަކުރުފާނުންގެ އާމިނާ ފާނެވެ.

މަލަބާރީންގެ އަޅުވެތިކަމުން ރާއްޖެ މިނިވަން ކުރެއްވީ ދޮންބަންޑާރައިންނެވެ. އެއީ ހިޖުރައިން 3 ޖުމާދަލްއާޚިރު 1166 އަދި 7 އޭޕްރީލް 1753 ވީ އާދިއްތަ ވިލޭރޭއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
57%
0%
29%
0%
14%
ކޮމެންޓް