ކ. މާލެ
|
20 ފެބްރުއަރީ 2018 | އަންގާރަ 17:10
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިބްރާހިމް
މުހައްމަދު ޝަރުހާން
ވިލާ ކުންފުނި
ވިލާ އިން ދައުލަތަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކައިފި!
 
ވިލާ އަތުން 74 މިލިއަން ރުފިޔާ ހޯދުމަށް މީރާއިން ތިން ދައުވާއެއް ކުރި
 
ވިލާއާއި ދެކޮޅަށް ކުރި ދައުވާތައް އަނބުރާ ވަނީ ގެންގޮސްފައި

ވިލާ ޝިޕިން އިން ދައުލަތަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކާ ޚަލާސްކޮށްފިއެވެ.

ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބިވާ ކަމަށް ބުނެ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ކުންފުންޏަކާ ދެކޮޅަށް ކުރި ދެ ދައުވާއެއް، މި ފައިސާ ދެއްކުމުން މިހަރު ވަނީ، އަނބުރާ ގެންގޮސްފައެވެ. އެ ކުންފުނިން ޓެކްސްގެ ގޮތުގައި 56 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ.

ވިލާ އަތުން 74 މިލިއަން ރުފިޔާ ހޯދުމަށް މީރާއިން ތިން ދައުވާއެއް ކުރީ މިދިޔަ މަހުގެ ތެރޭގައެވެ. އޭގެ ތެރެއިން 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ހޯދުމަށް މީރާ އިން ދައުވާކުރުމުން އެ ފައިސާ ދެއްކުމާ ގުޅިގެން އެ ދައުވާ މީރާ އިން ކުރިން ވަނީ އަނބުރާ ގެންގޮސްފައެވެ. އަނެއް ދެ މައްސަލާގައި ހިމެނޭ 56 މިލިއަން ރުފިޔާ ވިލާއިން ދެއްކިކަން އަންގާފައި ވަނީ ހޯމަ ދުވަހުއެވެ. އެހެންވެ އެ މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުން އަންގާރަ ދުވަހު ވަނީ ހުކުމް ކޮށްފައެވެ.
އެ ފައިސާތަކަކީ އެ ކުންފުނީގެ ސަން އައިލެންޑާއި ފަން އައިލެންޑާއި ޕެރަޑައިސް އައިލެންޑާއި ހޮލިޑޭ އައިލެންޑް ރިސޯޓުން ދައްކާޖެހޭ ޓެކްސްތައް ނުދެއްކުމުން އަރާފައިވާ ޖޫރިމަނާއެވެ.
މީރާ އިން ގާސިމްގެ ފަސް ކުންފުންޏާ ދެކޮޅަށް އިތުރު ދައުވާތަކެއް ވެސް ވަނީ ކޮށްފައެވެ. އެއީ އެ ކުންފުނިތަކަށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ ކަމަށް ބުނެއެވެ. އެ މައްސަލަތައް ސިވިލް ކޯޓުގައި ކުރިއަށް ވެސް އެބަދެއެވެ. އެ މައްސަލަތަކުގައި ދައުވާ ކޮށްފައި ވަނީ ގާސިމް އިބްރާހިމްގެ ކުންފުނިތައް އަތުން 2.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށެވެ. ނަމަވެސް އެއީ ދައްކަން ނުޖެހޭ ފައިސާތަކެއް ކަމަށް އެ ކުންފުނިތަކުން ބުނެއެވެ.
ޖަރުމަނުގައި މިވަގުތު ހުންނެވި ވިލާގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަށް ވަނީ ރިޝްވަތުގެ ކުށް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
100%
0%
0%
ކޮމެންޓް