ކ. މާލެ
|
20 ފެބްރުއަރީ 2018 | އަންގާރަ 14:26
ސްޓީލް ހާޑްވެއަރ ފިހާރައެއް
ސްޓީލް ހާޑްވެއަރ ފިހާރައެއް
ރާއްޖެ އެމްވީ
ސްޓީލް ހާޑްވެއަރ
އެއްވެސް ޑިރެކްޓަރަކު ހައްޔަރެއްނުކުރޭ: ސްޓީލް ހާޑްވެއަރ
 
އެހެން ދުވަސްތަކެކޭ ވެސް އެއްގޮތަށް ޑިރެކްޓަރުން ގެންދަވަނީ މަސައްކަތްކުރައްވަމުން

ސްޓީލް ހާޑްވެއަރގެ އެއްވެސް ޑިރެކްޓަރަކު ހައްޔަރުނުކުރާ ކަމަށާއި ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ގެ މެނޭޖިންގ ޑިރެކްޓަރ އަލީ ފައުޒީ ވިދާޅުވީ ހޯމަ ދުވަހުގެ ރޭ އެކުންފުނީގެ އެއްވެސް ޑިރެކްޓަރަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި އެ ޚަބަރަކީ ދޮގު ހަބަރެއް ކަމަށެވެ.

އެ ކުންފުނިން ވަނީ އެއްވެސް ފަރާތަކުން އެކަހަލަ ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

އެ ކުންފުނީގެ ރަސްމީ ޓްވިޓަރ އެކައުންޓް މެދުވެރިކޮށް ވެސް ވަނީ އެއްވެސް ޑިރެކްޓަރަކު ހައްޔަރުނުކުރާ ކަމަށް ބުނެފައެވެ. އަދި އެހެން ދުވަސްތަކެކޭ އެއްގޮތަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވެސް އެ ޓްވީޓްގައި ވެއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
100%
0%
0%
0%
0%
ކޮމެންޓް