ކ. މާލެ
|
20 ފެބްރުއަރީ 2018 | އަންގާރަ 13:50
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު
މުހައްމަދު ޝަރުހާން
އަހުމަދު މަހުލޫފު
މިހާރު ސުޕްރީމް ކޯޓުގެ ސީލް ޖަހަނީ ފަނޑިޔާރުންނަށް ބިރުދައްކައިގެން އެމްއެންޑީއެފުން: މަހުލޫފު
 
މިހާރު ސުޕްރީމް ކޯޓުގެ އަމުރުތަކުގައި ސީލް ޖަހަނީ ފަނޑިޔާރުންނަށް ބިރުދައްކައިގެން އެމްއެންޑީއެފުން ކަން ޔަގީން ކަމަށް މަހުލޫފު ވިދާޅުވި

މިހާރު ސުޕްރީމް ކޯޓުގެ ސީލް ޖަހަނީ ފަނޑިޔާރުންނަށް ބިރުދައްކައިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ސިއްކައަކީ އުއްތަމަ ފަނޑިޔާރު އަންގާ ގޮތެއްގެ މަތިން ބޭނުންކުރަންޖެހޭ އެއްޗެއްކަން ވަރަށް ސާފުކޮށް ގާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް މިހާރު ސުޕްރީމް ކޯޓުގެ އަމުރުތަކުގައި ސީލް ޖަހަނީ ފަނޑިޔާރުންނަށް ބިރުދައްކައިގެން އެމްއެންޑީއެފުން ކަން ޔަގީން ކަމަށެވެ.

މަހުލޫފްގެ ޓްވީޓްގައި ވަނީ ގާނޫނުގައި ބަޔާން ކޮށްފައިވާ "ސުޕްރީމް ކޯޓުގެ ސިއްކަ" އަދި ސިއްކަ ޖެހޭނެ ގޮތް ކަނޑައަޅާފައިވާ ބައި އެޓޭޗްކުރައްވާފައެވެ.

 

 

ކޯޓުތަކުގެ ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ބޭނުމަށް ސުޕްރީމްކޯޓުގެ ވަކި ސިއްކައެއް އޮންނަން ވާނެއެވެ. ސުޕްރީމް ކޯޓުގެ ނިންމުންތައް ލިޔެ ގަރާރު ކުރެވޭ އެކޯޓުތަކުގެ ކިޔުންތަކުގަޔާއި ފަނޑިޔާރުން ނުވަތަ ފަނޑިޔާރަކު ސޮއިކޮށްފައިވާ ސުޕްރީމްކޯޓުގެ ކޮންމެ ލިޔުމެއްގައި އެ ސިއްކަ ޖަހަންވާނެއެވެ. ބުނެވި ދިޔަ އެއްވެސް ލިޔުމެއް ސިއްކައާ ނުލައި ސައްހައެއް ނުވާނެއެވެ.

އެމާއްދާގެ(ށ) ގައި ބުނެފައި ވަނީ އުއްތަމަ ފަނޑިޔާރު ނުވަތަ ރަޖިސްޓްރާ ލިޔުމުން ދީފައިވާ ހުއްދައެއް ނެތި އެއްވެސް ލިޔުމެއްގައި ސުޕްރީމް ކޯޓުގެ ސިއްކަ ޖަހައިގެން ނުވާނެ ކަމަށެވެ. މި ދެ ބޭފުޅުން ވެސް މި ވަގުތު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. 

ފެބްރުއަރީ 1 ގައި ސުޕްރީމްކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވައި ނެރުއްވާފައިވާ އަމުރު ތަންފީޒު ކުރުމަށް ސަރުކާރުން ދެކޮޅު ހަދާފައިވާއިރު ސަރުކާރުން ވަނީ ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު އުއްތަމަ ފަނޑިޔާރާއި ސުޕްރީމްކޯޓުގެ ރަޖިސްޓްރާ ހައްޔަރު ކޮށްފައެވެ. އެ އަށް ފަހު ފެބްރުއަރީ 1 ގައި ނެރުނު އަމުރު ބާތިލް ކޮށްފައި ވަނީ އުއްތަމަ ފަނޑިޔާރާއި ރަޖިސްޓްރާ ބަންދުގައި ބޭތިއްބުމަށް ފަހު ހުއްދައަކާ ނުލައި ކަމަށް އެކި ފަރާތްތަކުން ދަނީ ބުނަމުންނެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
20%
0%
0%
20%
0%
60%
ކޮމެންޓް