ކ. މާލެ
|
20 ފެބްރުއަރީ 2018 | އަންގާރަ 07:16
ފުލުހުން ހަރަހާތްތެރިވަނީ: ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް، ފުލުހުން ދަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުޙުމަތުގައި އެކި ފަރާތްތައް ހައްޔަރުކުރަމުން
ފުލުހުން ހަރަހާތްތެރިވަނީ: ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް، ފުލުހުން ދަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުޙުމަތުގައި އެކި ފަރާތްތައް ހައްޔަރުކުރަމުން
މުހައްމަދު ޝަރުހާން
ކުއްލި ނުކުރައްކަލުގެ ހާލަތު
ސްޓީލް ހާޑްވެއާރގެ ހުރިހާ ޑިރެކްޓަރުން ހައްޔަރުކޮށްފި
ހައްޔަރުކުރީ 5 ޑިރެކްޓަރުން، އެކަކު ވަނީ ދޫކޮށްލާފައި
މި 5 މީހުންނަކީ ފަނޑިޔާރު އަލީ ހަމީދާ އާއިލީ ގުޅުން އޮންނަ ފަރާތްތަކެއް
ހައްޔަރުކުރީ ކޮން މައްސަލައެއްގައި ކަމެއް ނޭނގޭ ކަމަށް އާއިލާއިން ބުނޭ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހާޑްވެއާރގެ ވިޔަފާރި ކުރަމުންދާ ސްޓީލް ހާޑްވެއާރގެ ހުރިހާ ޑިރެކްޓަރުން ހައްޔަރުކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފަރާތްތައް ހައްޔަރުކޮށްފައި ވަނީ ހޯމަ ދުވަހުގެރޭ 11 އާއި 12 އާއި ދެމެދުގެ ވަގުތެއްގައެވެ.

އާއިލީ ވިޔަފާރިއެއްގައި ހިމެނޭ މި ފަސް ފަރާތުގެ އާއިލާގެ ފަރާތުން ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވީ، ހައްޔަރުކުރި ފަރާތްތަކުގެ ތެރެއިން އެކަކު ހޯމަ ދުވަހުގެރޭ 1 ޖަހަން ގާތްވެފައިވަނިކޮށް ދޫކޮށްލާފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި އާއިލީ ގޮތުން ގުޅުން ވެސް އޮންނަ މި ފަސް ބޭފުޅުން ހައްޔަރުކުރީ ކޮން މައްސަލައަކާ ގުޅިގެންކަން ސާފު ނުވާ ކަމަށް އާއިލާގެ ފަރާތުން ވަނީ ބުނެފައެވެ.

ފަނޑިޔާރު އަލީ ހަމީދާ ގުޅުން އޮންނަ ފަރާތްތަކެއް ހައްޔަރުކޮށްފައިވާއިރު، މި ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެރޭ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް، ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރި ފަހުން، ފުލުހުން ވަނީ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުންނާއި، އެމަނިކުފާނުގެ އާއިލާގެ އެހެން ވެސް ބައެއް ބޭފުޅުން ހައްޔަރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް