ކ. މާލެ
|
19 ފެބްރުއަރީ 2018 | ހޯމަ 15:42
ހޯދަން އިއުލާން ކޮށްފައިވާ މީހުން: ކ.ވ ޅ.ހިންނަވަރު، ދޭލިޔާއާގެ، އިބްރާހީމް މުޙައްމަދު (63އ) އާއި ތ.ވިލުފުށި، ދޫރެސް، އިމްތިޔާޒް އިބްރާހީމް (35އ) އަދި ޏ.ފުވައްމުލައް، މިސްކިތްމަގު.ކެލާގެ، އަޙްމަދު އަމ
ހޯދަން އިއުލާން ކޮށްފައިވާ މީހުން: ކ.ވ ޅ.ހިންނަވަރު، ދޭލިޔާއާގެ، އިބްރާހީމް މުޙައްމަދު (63އ) އާއި ތ.ވިލުފުށި، ދޫރެސް، އިމްތިޔާޒް އިބްރާހީމް (35އ) އަދި ޏ.ފުވައްމުލައް، މިސްކިތްމަގު.ކެލާގެ، އަޙްމަދު އަމ
އަހުމަދު މުހުސިނު
ބަޔަކު ހޯދުން
ކުރީގެ މަޓީގެ ސެކްރެޓަރީ ޖެނެރަލް ސިމް ހޯދަން އިއުލާން ކޮށްފި
ހޯދަނީ ސިވިލް ކޯޓުން އެދިގެން
ހޯދަނީ ހުކުމް ތަންފީޒް ކުރުމުގެ މައްސަލައެއްގައި

ކުރީގެ މަޓީގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް މުހައްމަދު (ސިމް) އާއި އިތުރު ބަޔަކު ފޮޓޯ ޢާއްމުކޮށްގެން ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވާ ޙާޟިރު ކުރެވިފައިނުވާ ތިން މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެ ތިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.

މި އަމުރުތަކާއި ގުޅިގެން ހޯދަމުންދަނީ ޅ.ހިންނަވަރު، ދޭލިޔާއާގެ، އިބްރާހީމް މުޙައްމަދު (63އ) އާއި ތ.ވިލުފުށި، ދޫރެސް، އިމްތިޔާޒް އިބްރާހީމް (35އ) އަދި ޏ.ފުވައްމުލައް، މިސްކިތްމަގު.ކެލާގެ، އަޙްމަދު އަމްޒޫން (27އ) އެވެ.

އިބްރާހީމް މުޙައްމަދު ހޯދަމުންދަނީ، ސިވިލް ކޯޓުގައި ދައުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ  ގުޅިގެން ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން 2018 ފެބްރުއަރީ 20 ވަނަ ދުވަހުގެ 13:30 އަށް ކޯޓަށް ހާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާ ގުޅިގެންނެވެ.

އިމްތިޔާޒް އިބްރާހީމް ހޯދަމުންދަނީ، ސިވިލް ކޯޓުގައި ދައުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ  ގުޅިގެން ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން 2018 ފެބްރުއަރީ 20 ވަނަ ދުވަހުގެ 14:00 އަށް ކޯޓަށް ޙާޟިރު ކުރުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާ ގުޅިގެންނެވެ.

މީގެއިތުރުން އަޙްމަދު އަމްޒޫން ހޯދަމުންދަނީ، ޔުނައިޓެޑް އޮޓޯމޯބައިލް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑުން އިން ދައުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ  ގުޅިގެން ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން 2018 ފެބްރުއަރީ 20 ވަނަ ދުވަހުގެ 14:15 އަށް ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާ ގުޅިގެންނެވެ.

ފުލުހުން ބުނީ ތިން މީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް