ރާއްޖޭގެ ޝަރުއީ ދާއިރާ އާއި ރައްޔިތުންގެ މަޖިލިސް ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އދ. ގެ އެހީތެރިކަން ބޭނުންވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް ހޯމަ ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، މުޅި ޑިމޮކްރެޓިކް ނިޒާމް އޮތީ މިލިޓަރީގެ ބާރުގެ ދަށުގައި ކަމަށެވެ. އަދި ޖުޑީޝަރީ އާއި މަޖިލިސް ހިނގައިގަތުމަށް އދ. ގެ ފުރިހަމަ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
As entire democratic process highjacked by military, Maldives needs immediate UN help to restore judicial & parliamentary authority. Detention of SC Justices & threats faced by other Judges, & sheer brutality against MPs show dire law & order situation & collapse of rule of law.
— Qasim Ibrahim (@qasimibrahim) February 19, 2018
ގާސިމް ވިދާޅުވީ، އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފައި ވުމާއި، އެހެނިހެން ފަނޑިޔާރުންނަށް ލިބެމުންދާ އިންޒާރުތަކާއި މަޖިލީހުގެ މެންބަރުންނަށް ދެމުންދާ އަނިޔާ އިން މި ވެރިކަން ގާނޫނީ އިމުން ބޭރުވެފައިވާ މިންވަރު ހާމަވާ ކަމަށެވެ. އަދި އެކަންކަން ގޮސްފައިވާ ހިސާބުން ގާނޫނުގެ ވެރިކަން މިހާރު ވެއްޓިފައިވާ ހިސާބު ސާފުކޮށް އެނގޭ ކަަމަށް ގާސިމްގެ ޓްވީޓްގައި ވެއެވެ.