ކ. މާލެ
|
19 ފެބްރުއަރީ 2018 | ހޯމަ 08:59
ރައީސް ނަޝީދު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގަންނަވަނީ
ރައީސް ނަޝީދު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގަންނަވަނީ
ޓްވިޓަރ
ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
މިދަތުރުފުޅަކީ އިންޑިއާގެ ދަ ހިންދޫ ނޫހުން ބާއްވާ ދަ ހަޑްލް ފެސްޓިވަލްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެއް
މި ދަތުރުފުޅުގައި އިންޑިއާގެ ދިފާއީ ވަޒީރާއި ރައީސް ނަޝީދު ބައްދަލު ކުރެއްވި
ރައީސް ނަޝީދު ވަނީ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާފައި

އިންޑިއާގެ ނޫހެއް ކަމަށްވާ ދަ ހިންދޫ އިން ބޭއްވި އަދަބީ ފެސްޓިވަލެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުޙައްމަދު ނަޝީދު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ދަ ހިންދޫ ނޫހުން ބޭއްވި ދަ ހަޑްލް ފެސްޓިވަލްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު އިންޑިއާ އަށް ވަޑައިގެންނެވީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އިންޑިއާގެ ބެންގަލޫރުގައި ދެ ދުވަހަށް ދެމިގެންދިޔަ މި ފެސްޓިވަލްގައި ރައީސް ނަޝީދު ވަނީ ޑިމޮކްރެސީ އާ އިންސާނީ ހައްގުތައް އަދި ރާއްޖޭގެ ސިޔާސީ މަސްރަހާއި އިންޑިއާ ކަނޑުގެ ހަމަޖެހުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

މި ފެސްޓިވަލްގެ ހަވާސާގައި ރައީސް ނަޝީދު ވަނީ އިންޑިއާގެ ދިފާއީ ވަޒީރު ނިރްމަލާ ސިތާރަމަންއާ ބައްދަލު ކުރައްވައި، ރާއްޖޭގެ މިހާރުގެ ހާލަތާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ނަޝީދުގެ މިދަތުރުފުޅުގައި އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރެއްވިއެވެ.

އިންޑިއާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސް ނަޝީދު ވަނީ ރޭ މެންދަމުގެ ވަގުތެއްގައި އެނބުރި ލަންކާ އަށް ވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް