ކ. މާލެ
|
18 ފެބްރުއަރީ 2018 | އާދީއްތަ 22:34
ރައީސް ނަޝީދު އިންޑިއާގެ ޑިފެންސް މިނިސްޓަރާއިއެކު
ރައީސް ނަޝީދު އިންޑިއާގެ ޑިފެންސް މިނިސްޓަރާއިއެކު
ޓްވިޓަރ
ކުއްލި ނުރައްކަލުގެ ހާލަތު
ރައީސް ނަޝީދު އިންޑިއާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައިފި
ރައީސް ނަޝީދު މިހާރު ހުންނެވީ އިންޑިއާގައި
ރާއްޖޭގެ ހާލަތު އިންޑިއާގެ ޑިފެންސް މިނިސްޓަރާ ވަނީ ހިއްސާ ކުރައްވާފަ
ރާއްޖޭގައިވަނީ ކުއްލިހާލަތު އިއުލާން ކޮށްފައި

އިންޑިއާއަށް މިހާރު ވަޑައިގެން އުޅުއްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އެ ޤައުމުގެ ޑިފެންސް މިނިސްޓަރު ނިރްމަލާ ސީތާރާމަން އާއި ބައްދަލު ކުރައްވައިފިއެވެ.

ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، މިނިސްޓަރ ނިރްމަލާ އާއި ބައްދަލުކުރައްވާ ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވާފައިވާ ކަމަށެވެ.

ރައީސް ނަޝީދު މިނިސްޓަރ ނިރްމަލާ އާއި ބައްދަލުކުރައްވައި، ރާއްޖޭގެ ހާލަތު ހިއްސާ ކުރެއްވިއިރު، އެމަނިކުފާނު މީގެކުރިން ވަނީ އިންޑިއާގެ އަސްކަރިއްޔާގެ ތާޢީދުއޮތް މަންދޫބެއް، ރާއްޖެ ފޮނުއްވަވައި، ރާއްޖޭގެ ސިޔާސީ މަސްރަޙު ހަމައަކަށް އެޅުވުމަށް މަސައްކަތް ކޮށްދެއްވުމަށް ގޮވާލައްވާފައެވެ.

ސުޕްރީމް ކޯޓުން ޙުކުމެއް ކޮށްފައިވަނިކޮށް، އެ ޙުކުމް ތަންފީޒު ނުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރުމަށް ފަހު، އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރަކާއި، އެހެނިހެން ގިނަ ފަރާތްތަކެއް ހައްޔަރުކުރުމާއި ގުޅިގެން އިންޑިއާއިން ވަނީ ރާއްޖޭގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް ބުނެފައެވެ. އަދި އެ ޤައުމުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވަނީ ދިވެހި ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި މެދު އެކިއެކި ފިޔަވަޅު އެޅުމަށް ތާޢީދު ކުރައްވައި  ވެސް ވާހަކަ ދައްކަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް