ކ. މާލެ
|
17 ފެބްރުއަރީ 2018 | ހޮނިހިރު 19:47
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
އަޒުމޫން އަހުމަދު
ޫއުއްތަމަ ފަނޑިޔާރު
އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ހެކި ނުލިބުމުން ހެކި ފޮރުވިކަމުގެ ތުހުމަތު: ހިސާން
 
ދައުލަތް ހިންގުމަށް ހުރަސްއެޅުމާއި، ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް ގަސްދުގައި ހުރަސް އެޅުމުގެ ތުހުމަތް
 
ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރުމުގެ ތުހުމަތު
 
ފުލުހުން ކުރާ ތުހުމަތުތަކަކީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމުގެ ތުހުމަތު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ދެކޮޅަށް ހެކި ނުލިބުމުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ތަހުގީގު ކުރަމުންދާ މައްސަލަތަކަކާއި ގުޅިގެން  ތަހުގީގަށް ހޯދަން ބޭނުންވާ ހެކިތައް ފޮރުވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވާ ކަމަށް ގާނޫނީ ވަކީލް ހިސާން ޙުސައިން ވިދާޅުވެއްޖެއެވެ.

ހިސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުއްތަމަފަނޑިޔާރު ބަންދު ކުރެއްވުމަށް ފަހު ތުހުމަތުތައް ކޮށްފައިވާ މައްސަލަތަކުގެ، ހެކި ނެތުމުން ތަހުގީގަށް ބޭނުންވާ ހެކި އެމަނިކުފާނު ފޮރުވާފައިވާ ފުލުހުން ތުހުމަތުކުރާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމުގެ ތުހުމަތާއި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރުމުގެ ތުހުމަތާއި ދައުލަތް ހިންގުމަށް ހުރަސްއެޅުމާއި، ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް ގަސްދުގައި ހުރަސް އެޅުމުގެ ތުހުމަތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
100%
0%
ކޮމެންޓް