ކ. މާލެ
|
17 ފެބްރުއަރީ 2018 | ހޮނިހިރު 19:14
އިއްޔެގެ މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވި ނޫސްވެރިންނަށް ފުލުހުން ހުރަސް އަޅަނީ
އިއްޔެގެ މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވި ނޫސްވެރިންނަށް ފުލުހުން ހުރަސް އަޅަނީ
މުހައްމަދު ޝަރުހާން
ރައީސް ނަޝީދު ޓްވީޓް
ނޫސްވެރިންނަށް ފުލުހުން ކުރި އަނިޔާ ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ރައީސް ނަޝީދު
 
އެސްއޯ ފުލުހުން ނޫސްވެރިން ތަޅާ އަނިޔާ ކޮށްފައިވޭ
 
ނޫސްވެރިންނަށް އަމާޒުކޮށް ޕެޕަރ ސްޕްރޭ ވަރަށް ގިނަ އަދަދަކަށް ބޭނުންކޮށްފައިވޭ

ހުކުރު ދުވަހު ބޭއްވި އެއްވުން ކަވަރު ކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިންނަށް ފުލުހުން ކުރި އަނިޔާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނޫސްވެރިންނަށް އަމާޒުކޮށް ޕެޕަރ ސްޕްރޭ ވަރަށް ގިނަ އަދަދަކަށް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އެސްއޯ ފުލުހުން ނޫސްވެރިން ތަޅާ އަނިޔާ ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ބައެއް ނޫސްވެރިންނަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. 

ފުލުހުން ވަނީ ހާލަތާ ނުބައްދަލުގެ ބާރު ބޭނުންކޮށް މުޒާހަރާގެ ބައިވެރިންނަށާއި އެ ސަރަހައްދުގައި ހަރަކާތްތެރި ނޫސްވެރިންގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހާ، އެކިވަރުގެ އަނިޔާތައް ކޮށްފައެވެ.

އެމްޑީޕީ އާއި ޖޭޕީން ވަނީ ނޫސްވެރިންނަށް އަނިޔާ ނުކުރުމަށް ރައީސް ޔާމީންގެ ސަރުކާރަށް ގޮވާލާ ބަޔާންނެރެފައެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
33%
33%
33%
0%
0%
0%
ކޮމެންޓް