ކ. މާލެ
|
17 ފެބްރުއަރީ 2018 | ހޮނިހިރު 19:12
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސިފައިން ހުރަސް އަޅަނީ
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސިފައިން ހުރަސް އަޅަނީ
މުހައްމަދު ފަޒީން
އިދިކޮޅު ކޯލިޝަން
ރައްޔިތުންގެ މަޖިލިސް ވަރަށް އަވަހަށް ހުޅުވާނަން، ގައުމު ހަމަމަގަށް އަޅުވާނަން: ގުޅިފައިވާ ޕާޓީތައް
 
އެއްވުންތަކަށް ނިމުމެއްނެތް، ކޮންމެ ދުވަހަކުވެސް ކުރިއަށްދާނެ
 
ސީދާ ނޫސްވެރިންނަށް އަމާޒުކޮށް އަނިޔާކޮށް، ގެއްލުން ދީފައިވޭ
 
މަޖިލިސް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ވަރަށް ބާރަށް ކުރަމުން

ރައްޔިތުންގެ މަޖިލިސް ހުޅުވާ ވަރަށް އަވަހަށް ޖަލްސާތައް ބޭއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށާއި މަޖިލިސް ހުޅުވުމަށް ފަހު ގައުމު ހަމައަކަށް އެޅުވުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ މިލިޓަރީން މަޖިލިސް "ހިސޯރު" ކޮށްގެން އަބަދަކު ނޯވެވޭނެ ކަމަށެވެ. އަދި މަޖިލިސް ހުޅުވުމަށްޓަކައި ރާއްޖެއިންނާއި ކަމާބެހޭ ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާއެކު ވަރަށް ބާރަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް މަޖިލިސް ހުޅުވި، ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް އަވަސް ހައްލެއް ގެންނާނެ ކަމަށް އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އޮތީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އަތްމަތީގައި ކަމަށާއި މަޖިލިސް ހުޅުވުމަށް ފަހު މިހާރު ގާނޫނާ ހިލާފު އެތައް ޖަރީމާތަކެއް ހިންގަމުންދާ ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރާނެ ކަމަށެވެ. 

އިންތި ވިދާޅުވީ ނޫސްވެރިންނަށް ކުރިމަތި ކުރަމުންދާ ގޮންޖެހުންތަކާއި ކުރަމުންދާ އަނިޔާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ސަރުކާރަށާއި ފުލުހުންނަށް ގޮވާލާ ކަމަށެވެ. 

އިންތި ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ނޫސްވެރިންނަށް ފުލުހުން ދިން އަނިޔާތަކާއި ގެއްލުންތަކަކީ މިފަހުގެ ތާރީހުގައި ދިން އެންމެ ނުރައްކާތެރި އެއް ހަމާލާތައް ކަމަށާއި ސީދާ ނޫސްވެރިންނަށް އަމާޒުކޮށް ފުލުހުން އަނިޔާ ކުރަމުންދިޔަ މަންޒަރު ދިވެހި ރައްޔިތުންގެ އިތުރުން ބައިނަލް އަގްވާމީ ފަރާތްތަކުންވެސް ބަލަމުން ގެންދިޔަ ކަމަށެވެ. 

އިންތި ވިދާޅުވީ މިހާރު ކުރިއަށްދާ އެއްވުންތައް ކޮންމެ ރެއަކުވެސް ކުރިއަށްދާނެ ކަމަށާއި ވަރަށް އަވަހަށް ބޮޑު މުޒާހަރާ އޮންނަ ދުވަސް އިއުލާން ކުރެވޭނެ ކަމަށެވެ. އަދި މިހާރަކަށް އައިސް އެއްވުންތަކުގައި އަދި ހާއްސަކޮށް ހުކުރު ދުވަހު ބޭއްވި "ވޯމްއަޕް" އެއްވުމުގައި ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ބައިވެރިވެފައިވާތީ އެ ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް އެއްވުން ތަކުގައާއި ބޮޑު އެއްވުމުގައި ޖޯޝާ ފޯރީގައި ދިވެހި ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އިންތި ވިދާޅުވި އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
82%
0%
9%
0%
9%
ކޮމެންޓް