ކ. މާލެ
|
17 ފެބްރުއަރީ 2018 | ހޮނިހިރު 16:41
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރުން މަގާމާ ހަވާލުވެވަޑައިގަންނަވަނީ
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރުން މަގާމާ ހަވާލުވެވަޑައިގަންނަވަނީ
ގޫގުލް
ބްރޯޑް ކާސްޓިން ކޮމިޝަން
ނޫސްވެރިންނަށް ފުލުހުން އަނިޔާކޮށްފައި ވަނިކޮށް، އެކަން ކުށްވެރި ކުރުމެއް ނެތި އެއްވުންތައް ލައިވް ކުރާއިރު ސަމާލުވުމަށް އަންގައިފި
 
ފުލުހުން ވަނީ މީޑިއާތަކަށް ގަސްތުގައި އަނިޔާ ދީފައި
 
ގަނޫނާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކޮމް އިން ބުނެފައިވޭ
 
ސަރުކާރު ވައްޓަލުމަށް ހިތްވަރު ލިބޭ ގޮތަށް ކޮންޓެންޓް ބްރޯޑްކާސްޓް ކުރަމުންދާ ކަމަށް ބްރޯޑްކޮމް އިން ބުނޭ

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހާއި އެ ރޭ ބޭއްވި އެއްވުން ކަވަރ ކުރުމަށް އުޅުނު ނޫސްވެރިންނަށް ބޮޑެތި އަނިޔާތަކެއް ފުލުހުން ދީފައިވަނިކޮށް، މުޒާހަރާތަކާއި އެއްވުންތައް ލައިވްކުރާއިރު ސަމާލު ވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މީޑިއާތަކަށް އަންގައިފިއެވެ.

އެ އެއްވުމުގައި ނޫސްވެރިންނަށް ދީފައިވާ އަނިޔާތައް ކުށްވެރިކުރުމުގެ ބަދަލުގައި ބްރޯޑްކޮމް އިން ނެރެފައިވާ މި ސާރކިއުލާގައި މިޑިއާތަކަށް އިލްތިމާސްކޮށްފައި ވަނީ މުޒާހަރާތަކާއި އެއްވުންތައް ލައިވް ކުރާއިރު ސަމާލު ވުމަށެވެ. އަދި ބައެއް ބްރޯޑްކާސްޓް މީޑިއާތަކުން ގައުމުގެ އަމަން އަމާންކަން ގެއްލޭ ގޮތަށާއި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓަލުމަށް ހިތްވަރު ލިބޭ ގޮތަށް ކޮންޓެންޓް ބްރޯޑްކާސްޓް ކުރަމުންދާކަން އެކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"މި ފަހަކަށް އައިސް، ރާއްޖެއަށް ދިމާވެފައި މިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، ބައެއް ބްރޯޑްކާސްޓް މީޑިއާތަކުން ޤައުމުގެ އަމަން އަމާންކަން ގެއްލޭ ގޮތަށާއި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ހިތްވަރު ލިބޭ ގޮތަށް ކޮންޓެންޓް ބްރޯޑްކާސްޓްކުރަމުންދާ ކަން މި ކޮމިޝަނުގެ މޮނިޓަރިންގއަށް ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރޭގައި ކަމުގެ ޙަޤީޤަތް އޮޅޭ ގޮތަށް ޚަބަރު ފެތުރުމާއި ދައުލަތުގެ ބާރުތަކާއި އެކި މުއައްސަސާތަކުގެ އަގު ވެއްޓޭގޮތަށް ތަފާތު ފަރާތްތަކުން ދައްކާ ވާހަކަތައް ގެނެސްދިނުމާއި އެ މުއައްސަސާތަކާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭނޭ ފަދަ ކޮންޓެންޓް ގެނެސްދިނުން ހިމެނެއެވެ." ބްރޯޑްކޮމްގެ ސާރކިއުލާގައި ބުނެފައި ވެއެވެ.

ކޮމިޝަނުން ބުނީ ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ބޭއްވޭ މުޒާހަރާތަކާއި އެއްވުންތައް ވެސް ބައެއް ބްރޯޑްކާސްޓަރުން ލައިވްކޮށް ގެނެސްދެމުންދާކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ނޫސްވެރިންގެ އަމަލުތައް ބަހައްޓަމުންދާ ގޮތުގެ ކަންބޮޑުވުން ފާޅުކޮށް ފުލުހުން ވެސް ނޫސްބަޔާނެއް މިއަދު އާއްމު ކޮށްއިވާ ކަމަށް ބްރޯޑް ކާސްޓިންގ ކޮމިޝަނުގެ މިސާރކިއުލާގައި ފާހަގަ ކޮށްފައި ވެއެވެ. ނަމަވެސް ނޫސްވެރިނަށާއި މީޑިއާތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އެއްވެސް ވަރަކަށް އަލިއަޅުވާލާފައެއް ނުވެއެވެ.

މީގެ އިތުރުން ބްރޯޑްކޮމް އިން ބުނީ ގައުމުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށާއި ހާއްސަ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރުމަށް ސަމާލުކަމެއް ދީގެން ބްރޯޑްކާސްޓްކުރުމަކީ ހުރިހާ ބްރޯޑްކާސްޓަރުންގެ ޒިންމާއެއް ކަމުގައި ކޮމިޝަނުން ދެކޭ ކަމަށް މި ދަނޑިވަޅުގައި ފާހަގަކޮށް މި ފަދަ މައްސަލަތައް މެދުވެރި ނުވާނޭ ގޮތަކަށް ބްރޯޑްކާސްޓަރުންގެ ފަރާތުން ހަރަކާތްތެރިވާ ނޫސްވެރިންގެ އަމަލުތައް ބެހެއްޓުމަށާއި ބްރޯޑްކާސްޓިންގ ސްޓޭޝަންތަކުން ފޮނުވާ ކޮންޓެންޓް ބައްޓަންކުރުމަށް މަގުފަހިކުރުމުގެ ގޮތުން، އެކަށީގެންވާ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ބްރޯޑްކާސްޓިންގ ސްޓޭޝަންތައް ހިންގާ އިސް ވެރިންނަށް މި ކޮމިޝަނުން ގޮވާލާ ކަމަށެވެ.

"އަދި ހަމަ މި ފުރުސަތުގައި، ޤާނޫނު ނަންބަރު: 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް ލާޒިމްކުރާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި އުސޫލުތަކަށާއި ގައިޑްލައިންތަކަށާއި، ޤާނޫނު ނަންބަރު: 2016/15 (އަބުރު ރައްކައުތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް ވެސް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސް ކުރަމެވެ. އަދި މިއާ ޚިލާފަށް އަމަލުކުރަމުންދާ ބްރޯޑްކާސްޓަރުންނާ މެދު ޤާނޫނީ ފިޔަވަޅު މި ކޮމިޝަނުން އަޅާނޭ ކަމުގައި ވެސް ދަންނަވަމެވެ.

ޤާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ހަރަކާތްތެރިވާ ބްރޯޑްކާސްޓަރުންނަށް މި ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބޭނޭކަމުގެ ޔަގީންކަން ވެސް އަރުވަމެވެ." ބްރޯޑްކޮމްއިން ނެރެފައިވާ ސާރކިއުލާގައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
86%
0%
14%
ކޮމެންޓް