ކ. މާލެ
|
17 ފެބްރުއަރީ 2018 | ހޮނިހިރު 15:39
އެމްއެންޑީއެފުން ދަނީ ފެން ހިންދަމުން
އެމްއެންޑީއެފުން ދަނީ ފެން ހިންދަމުން
އެމްއެންޑީއެފް
ފެންބޮޑުވުން
ގދ.ރަތަފަންދޫއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެއްޖެ!
 
މި ހާދިސާގައި، އެރަށުގެ ދެ ގެއަކަށް ފެން ވަދެފައިވޭ
 
ފެން ބޮޑުވުމާ ގުޅިގެން ސަދަން އޭރިއާގެ ސިފައިން މިހާރު ހަރަކާތްތެރިވާން ފަށައިފައި

ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގދ.ރަތަފަންދޫގައި ފެންބޮޑުވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، އެރަށުގައި ފެން ބޮޑުވުމާ ގުޅިގެން ސަދަން އޭރިއާގެ ސިފައިން މިހާރު ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.

ހުކުރު ދުވަހުގެރޭ މެންދަމުން ފެށިގެން ގދ.ރަތަފަންދޫއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެ އެރަށުގެ ބައެއް ގޭގެ އާއި ޚިދުމަތް ދޭ ތަންތަނަށް ވެސް ވަނީ ފެންވަދެފައެވެ. އަދި ފެން ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކާޑެއްދުޫ ޕޯސްޓާއި ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގައި، އެރަށުގެ ދެ ގެއަކަށް ފެން ވަދެފައިވާއިރު މި ދެ ގެއިން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން އެރަށުގެ މަގުތަކުގައި ހެދިފައިވާ ފެން ހިއްކުމަށްޓަކައި ޕަމްޕު ޖައްސައިގެން ދަނީ  ފެން ހިންދަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް