ކ. މާލެ
|
17 ފެބްރުއަރީ 2018 | ހޮނިހިރު 16:59
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ގޮވާލާ ކުރިޔަށް ގެންދާ އިހުތިޖާޖަށް ފުލުހުން ހުރަސް އަޅަނީ
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ގޮވާލާ ކުރިޔަށް ގެންދާ އިހުތިޖާޖަށް ފުލުހުން ހުރަސް އަޅަނީ
އަޝްވާ ފަހީމް
ސުޕްރީމް ކޯޓު އަމުރު
ލީޑަރުންނާ މަޝްވަރާ ކުރާނެ ކަމަށް އދ. އިން ބުނެފި
 
އދ އިން އަންނަނީ ރާއްޖޭގެ ހާލަތު ވަރަށް ގާތުން ބަލަމުން
 
އދ މެދުވެރިއްޔެގެ ރޯލު އަދާކުރާ ނަމަ މަޝްވަރާގައި ޕީޕީއެމް އިން ބައިވެރިނުވާނެ ކަމަށް އެ ޕާޓީ އިން ބުނޭ
 
އިދިކޮޅު ފަރާތްތަކުން ވަނީ އދ. މެދުވެރިއެއްގެ ރޯލު އަދާކުރުމަށް އެދިފައި

ރާއްޖޭގެ މަސްރަހާ ގުޅިގެން ލީޑަރުންނާ ވާހަކަ ދައްކާނެ ކަމަށް އދ. އިން ބުނެފިއެވެ.

މަޝްވަރާގެ މޭޒަށް އައުމަށް ސަރުކާރުން ގޮވާލާފައިވާ އިރު އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ އދ. އިން މެދުވެރިއެއްގެ ރޯލު އަދާކުރާ މަޝްވަރާތަކެއް ފިޔަވައި އެ ފަރާތްތަކުން ސަރުކާރާ އެކު ކުރާނެ މަޝްވަރާއެއް ނޯންނާނެ ކަމަށެވެ. މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ އަރިހުން މަޝްވަރާގެ މެދުވެރިއެއްގެ ދައުރު އަދާކުރުމަށް އެދިފައެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން އެމަނިކުފާނުގެ ތަރުޖަމާނު ސްޓެފެން ޑުޖެރިކް ވިދާޅުވީ މެދުވެރިއެއްގެ ރޯލު އަދާކުރުމަށް އިދިކޮޅު ފަރާތްތަކުން އެދިފައިވާ ކަމަށާއި އަވަސް މުސްތަގުބަލެއްގައި މަޝްވަރާތައް ފެށިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެކަމަށް އެހީތެރިވާން އދ. އިން އޮތީ ތައްޔާރަށް ކަމަށް ވެސް ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން މަޝްވަރާއަށް ދިޔުމަށް ޝަރުތުތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން ހިމެނެނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު ފުރިހަމަ އަށް ތަންފީޒްކޮށް، ސިޔާސީ ކުށްވެރިން ވަގުތުން މިނިވަން ކުރުމަށާއި، ހައްޔަރު ކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ދޫކޮށްލުމަށާއި، ފުލުހުންގެ ބަންދުގައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި، ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުޙައްމަދު ނަދީމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާޙިމް ސިޔާދު ޤާސިމް އަދި އިދިކޮޅު ފަރާތްތަކާއި ދެކޮޅަށް ސަރުކާރުން ހިންގާ ކަންތައްތަކުގެ ތެރޭގައި ހައްޔަރުކޮށްފައިވާ ފަރާތްތައް ދޫކޮށްލުމުގެ އިތުރުން އަސްކަރިއްޔާގެ ހިޞާރުން ރައްޔިތުންގެ މަޖިލިސް ވީއްލައި، މަޖިލީހުގެ ޖަލްސާތައް، މަޖިލީހުގެ ފުރިހަމަ ބާރުތަކާ އެކު ފެށުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މީގެ އިތުރުން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު ހުރި މައްސަލަތަކަށް ޞުލްޙަވެރި ހައްލެއް ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށާއި، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުއާހަދާތަކުގެ ދަށުން ރައީސް ޔާމީން ޖަވާބުދާރީ ކުރުވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ގުޅިފައިވާ އިދިކޮޅު އިއްތިހާދުން ބައިނަލްއަޤްވާމީ މުޖުތަމައުގެ ކިބައިން އެދިފައިވެއެވެ.

އިދިކޮޅު ފަރާތްތަކުން އދ އާއެކު މަޝްވަރާ ކުރިޔަށް ގެންދިޔުމަށް އެދިފައިވާއިރު ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފައިވަނީ އދ މެދުވެރިޔެއްގެ ރޯލު އަދާކުރާނަމަ އެ ޕާޓީއިން މަޝްވަރާތަކުގައި ބައިވެރިނުވާނެ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލި ވެފައިވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމުގެ ބަދަލުގައި ސަރުކާރުން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ގާނޫނު އަސާސީގެ ގިނަ މާއްދާތަކެއް ހިފެހެއްޓުމާއި ގުޅިގެންނެވެ. އދ ގެ ފަރާތުން ވަނީ ދެ ފަހަރެއްގެ މަތިން މި އަމުރު ތަންފީޒުކުރުމަށް ގޮވާލާފައެވެ. މި އަމުރުގެ ބަޔެއް އުނިކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު އޭގެ ފަހުން އަމުރެއް ނެރުނު ނަމަވެސް އދ އިން އެދިފައިވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ނެރުނު އަމުރު އޮތްގޮތަށް ތަންފީޒުކުރުމަށެވެ.

 ރައީސް ޔާމީންގެ މުށުތެރެއަށް ހުރިހާ ބާރެއް ލައްވާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ސިފައިންގެ ބެލުމުގެ ދަށުގައި އޮތްއިރު ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ދެ ފަނޑިޔާރަކު ތިއްބެވީ ހައްޔަރުކޮށްފައެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި ނިއުޅެމުންދާ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް އދ. އިން ވަނީ ބުނެފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
50%
0%
0%
0%
50%
ކޮމެންޓް