ކ. މާލެ
|
17 ފެބްރުއަރީ 2018 | ހޮނިހިރު 14:35
ސަންގުޓީވީގެ ކެމެރާމަނެށްގެ މޫނަށް ޕެޕާސްޕްރޭ ޖަހާފައި
ސަންގުޓީވީގެ ކެމެރާމަނެށްގެ މޫނަށް ޕެޕާސްޕްރޭ ޖަހާފައި
މުހައްމަދު ޝަރުހާން
ނޫސްވެރިންނަށް އަނިޔާކުރުން
ނޫސްވެރިންނަށް އަނިޔާ ނުކުރުމަށް ސީޕީޖޭއިން ވެސް ގޮވާލައިފި
 
ނޫސްވެރިންނަށް އަމާޒުކޮށް ގަސްތުގައި ފުލުހުން އަނިޔާކޮށްފައިވާ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި ނޫސްވެރިން ވަނީ ބުނެފައި
 
ނިމިދިޔަ ހަފްތާ ތެރޭގައި ވެސް ސީޕީޖޭ އިން ވަނީ ބިރުދެއްކު ކުށްވެރިކޮށްފައި
 
ނޫސްވެރިންނަށް އަނިޔާ ނުކުރުމަށާއި ބިރުދެއްކުން ވަގުތުން ވަގުތަށް ހުއްޓާލުމަށް ސީޕީޖޭއިން ގޮވާލި

ނޫސްވެރިންނަށް އަނިޔާ ނުކުރުމަށާއި ބިރުދެއްކުން ވަގުތުން ވަގުތަށް ހުއްޓާލުމަށް, ނޫސްވެރިންގެ ދިފާއުގައި ބައިނަލްއަގްވާމީ ފެންވަރުގައި މަސަތްކަތްކުރާ ޖަމިއްޔާ، ސީޕީޖޭ އިން ގޮވާލައިފިއެވެ.

"ދަ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާރނަލިސްޓްސް" އިން މިފަދަ އިން ގޮވާލައިފައި ވަނީ ހުކުރު ދުވަހު ހަވީރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން "ވާމްއަޕް އިހްތިޖާޖު" ގެ ނަމުގައި މާލޭގައި ބޭއްވި މުޒާހަރާ ރޫޅާލުމުގައި ނޫސްވެރިންނަށް އަނިޔާވެ އެ އެއްވުން ކަވަރ ކުރަމުށް ބޭނުން ކުރަމުންދިޔަ އެތައް ސާމާނަކަށް އޮފިސަރުންގެ އަތުން ގެއްލުން ލިބިފައިވަނިކޮށެވެ.

ނިމިދިޔަ ހަފްތާ ތެރޭގައި ވެސް ސީޕީޖޭ އިން ވަނީ ރާއްޖޭގައި ސިޔާސީ މަސްރަހު ހޫނުވެ އޭގެ ސަބަބުން މީޑިޔާތަކަށް ބިރުދެއްކުމައި އެކި މީޑިޔާތައް އެކަހެރިކޮށް ތަފާތުކުރުން ކުށްވެރިކޮށްފައެވެ. ސީޕީޖޭގެ ބަޔާނުގައި ރާއްޖެޓީވީ އާއި ކުރީގައި 'މިނިވަން ނިއުސް' ނަމުގައި ހިނގަމުން ދިޔަ އިނގިރޭސި ބަހުން ނެރޭ އޮންލައިން ނޫސް މޯލްޑިވްސް އިންޑިޕެންޑެންޓްއަށް ލިބެމުން ދިޔަ އިންޒާރުތައް ފާހަގަކޮށްފައެވެ.

"ދިވެހި ސަރުކާރުން މީޑިޔާތަކުގެ މަށްޗަށް ބާރުވެރިވެ މައުލޫމާތު ފެތުރުމާއި ލިބިގަތުމުގެ ހައްގު ކަނޑުވާލަން ކުރަމުންދާ މަސައްކަތް ވަގުތުން ވަގުތަށް ހުއްޓާލަންޖެހޭ. ރާއްޖޭގެ ގާނޫނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ ހައްގުތަކަށް އިހްތިރާމް ކުރަންޖެހޭ" ސީޕީޖޭގެ އޭޝިއާ ޕްރޮގްރާމް ކޯޑިނޭޓަރ ސްޓީވެން ބަޓްލަރ ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ އެއްވުން ރޫޅާލުމުގެ ތެރޭގައި ވަނީ އެކި މީޑިޔާ ތަކުގެ ނޫސްވެރިންނަށް ކަނޑައެޅިގެން އަނިޔާވާނެ ފަދައިން ފުލުހުންގެ ސްޕްޝަލް އޮޕަރޭޝަންސްގެ އޮފިސަރުން އަމަލުކޮށްފައެވެ. އަދި ނޫސްވެރިޔެއް، އެއްވުމުގެ ބައިވެރިއެއް، ނުވަތަ މަގުމަތީގައި ކަންބަލަ މަޑުކޮށްލާމީހެއް ތަފާތުކުރުމެއް ނެތި ކޮށްޕައި، ޕެޕާރ ސްޕްރޭ ޖަހާފައެވެ.

ހުކުރު ދުވަހުގެ އެއްވުން ކަވަރު ކުރުމަށް ހަރަކާތްތެރިވި ނޫސްވެރިންނަށް ފުލުހުން އަމާޒުކޮށް ގަސްތުގައި އަނިޔާކޮށްފައިވާ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި ނޫސްވެރިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
100%
0%
0%
ކޮމެންޓް