ކ. މާލެ
|
17 ފެބްރުއަރީ 2018 | ހޮނިހިރު 03:40
މެންބަރު މަހުލޫފް ފުލުހުން ހައްޔަރުކޮށްގެން ގެންދަނީ
މެންބަރު މަހުލޫފް ފުލުހުން ހައްޔަރުކޮށްގެން ގެންދަނީ
ރާއްޖެއެމްވީ
މެންބަރު މަހުލޫފާއި މުހައްމާ
މެންބަރު މަހުލޫފާއި މުހައްމާ ދޫކޮށްލައިފި
ދެ މެމްބަރުން ދޫކޮށްލާފައިވަނީ ފުލުހަށް ހާޒިރުވުމަށް ޗިޓް ހަވާލުކުރުމަށް ފަހު

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ދޫކޮށްލައިފިއެވެ.

މަހްލޫފް އާއި މުހައްމާ ހައްޔަރު ކޮށްފައިވަނީ ހުކުރު ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިންނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ގާނޫނީ ވަކީލް މޫސާ ސިރާޖް ވިދާޅުވީ މަހްލޫފް ހޮނިހިރު ދުވަހު ދެ ގަޑިއެއްގައި ފުލުހަށް ހާޒިރުވުމަށް އަންގާ ޗިޓް ހަވާލުކޮށް ދޫކޮށްލާފައިވާއިރު މުހައްމާވެސް ދޫކޮށްލާފައިވަނީ އެދުވަހު ފުލުހަށް ހާޒިރުވުމަށް ޗިޓް ހަވާލު ކުރުމަށްފަހުގައެވެ.

މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިން އިރުކާ ބޭހެއްހެން ފުލުސް އޮފީހަށް ހާޒިރުކޮށް އަދި ހައްޔަރުކޮށް ވެސް ބަންދުކޮށްފައި ނުބޭތިއްބޭކަމީ މާތްﷲ ގެ އިރާދަފުޅާއެކު ކާމިޔާބުވުމުގެ އަލާމަތް ކަމަށެވެ. މަހްލޫފް ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މާދަމާ ހަވީރު ފަހެއް ޖަހާއިރު އާއި ރޭގަނޑު އަށެއް ޖަހާއިރުއެވެ.

ފުލުހުން ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހު ބޭއްވި މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް ހާލަތާ ނުބައްދަލުގެ ބާރު ބޭނުން ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް