ކ. މާލެ
|
16 ފެބްރުއަރީ 2018 | ހުކުރު 21:50
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
އޭއެފްޕީ
ރައީސް ނަޝީދުގެ ޓްވީޓް
ރައީސް ޔާމީން މަގާމުން އިސްތިއުފާދެއްވައި، ދެފުށް ފެންނަ މިނިވަން އިންތިހާބެއް ބޭއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވައިލައްވައިފި
ވަގުތީ ސަރުކާރެއް އެކުލަވާލުމަށް ފުރުސަތު ދޭންޖެހޭ
އެންމެންނަށް ބައިވެރިވެވޭ އިންތިހާބެއް ބާއްވަންޖެހޭ

ރައީސް ޔާމީން މަގާމުން އިސްތިއުފާދެއްވައި ދެފުއްފެންނަ މިނިވަން އިންތިހާބެއް ބޭއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވައިލައްވައިފި އެވެ.

ރައީސް ނަޝީދު ކުރައްވާފައިވާ ޓްވިޓުގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރުމުގެ ސަބަބުން އެތަށް ހާސް ބައެއް ހުކުރު ދުވަހު މަގުތަކަށް ނިކުމެފައިވާ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށާއި އެއަށްފަހު ވަގުތީ ސަރުކާރެއް އެކުލަވާލުމަށް ފުރުސަތު ދޭންޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މިނިވަން، ދެފުއްފެންނަ އިންތިހާބަކަށް ފުރުސަތު ހުޅުވާލަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ހުކުރު ދުވަހުގެ ހަވީރު މާލޭގައި ކުރިއަށްދިޔަ އެއްވުން ރޫޅާލުމަށް ކަރުނަ ގޭހާއި ޕެޕާ ސްޕްރޭ ޖެހިއިރު، އައްޑޫގައި ބޭއްވި ލޮރީ ބުރަށް ހުރަސް އެޅުމުގެ ގޮތުން ސިފައިންނާއި ފުލުހުން ވަނީ ލިންކް ރޯޑް ބަންދުކޮށްފައެވެ. އައްޑޫގައި މަގު ބަންދުކުރުމާއެކު، ވެހިކަލްތަކުން ފައިބައި މީހުން ވަނީ އަޑުއުފުލަން ފަށައިފައެވެ.

ސުލްހަވެރި މި އެއްވުމަށް ފުލުހުން ބާރުގެ ބޭނުންކުރަމުން ދިޔައިރު، ނޫސްވެރިންގެ މޫނަށް ވެސް ވަނީ ޕެޕަރ ސްޕްރޭ ޖަހައިފަ އެވެ.

އެމްޑީޕީގެ ހަރުގެއަށް ރަޔަޓް ފުލުހުން ޝީލްޑާއެކު ވަދެ، މީހުން ބޭރުކޮށް ސައުންޑް ވެސް ކަނޑާލި އެވެ. ހަރުގެއިން މީހުން ބޭރުކުރުމާއެކު އާޓިފިޝަލް ބީޗް ސަރަހައްދާއި މަގުތަކުގައި ތިބެ މީހުން ދިޔައީ އަޑު އުފުލަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް