ކ. މާލެ
|
16 ފެބްރުއަރީ 2018 | ހުކުރު 14:21
ދޯނީގައި އަލިފާން ރޯވެފައި
ދޯނީގައި އަލިފާން ރޯވެފައި
އެމްއެންޑީއެފް
ދޯންޏެއްގައި އަލިފާން ރޯވުން
ރީތި ބީޗް ރިސޯޓުގެ ދޯންޏެއްގައި އަލިފާން ރޯވެއްޖެ
އަލިފާނުގެ ހާދިސާ ހިނގިއިރު ދޯނީގައި ތިން ދިވެހިންނާއި އެއް ބިދޭސީއަކު ތިބި
އަލިފާން ރޯވިއިރު އެ ދޯނި އޮތީ ކޮކޯ ބޮޑު ހިތި ރިސޯޓާއި 6 މޭލު ބޭރުގައި

ރީތި ބީޗް ރިސޯޓުގެ ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޮސް(އެމްއެންޑީއެފް) އިން ބުނެފައިވަނީ ރީތި ބީޗް ރިސޯޓުގެ ދޯންޏެއްގައި އަލިފާން ރޯވުމާއި ގުޅިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރި ވާން ފަށާފައިވާކަމަށެވެ. އެ ދޯނި އޮތީ ކޮކޯ ބޮޑު ހިތި ރިސޯޓާއި 6 މޭލު ބޭރުގައި ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އަލިފާނުގެ ހާދިސާ ހިނގިއިރު ދޯނީގައި ތިން ދިވެހިންނާއި އެއް ބިދޭސީއަކު ތިބި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.

މިހާރު މިއަލިފާން ވަނީ ކޮންޓްރޯލް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް